ކޫލްއައިރިސް – ފަޔަރފޮކްސްގައި ބޭނުންކުރެވޭ އާދަޔާޚިލާފު އެޑް-އޮން އެއް
ޝަމްސުލް ފަލާޙް
ކޫލްއައިރިސްއަކީ، އެ އެޑް-އޮން އެއް އިންސްޓޯލްކުރުމަށްފަހު އެ އެޑް-އޮން ހިންގާލުމުން، މުޅި ސްކްރީން 3ޑީ އަށް ބަދަލުކޮއްލާ އެޑް-އޮން އެކެވެ. އައިފޯންގައި މަންޒަރުތައް ފެންނަގޮތަށް ސްކްރީނުން ފެންނަ ފޮޓޯތައްވެސް އަރިއަރިއަށް ނުވަތަ ދިމާދިމާލަށް ކަހާލެވޭނެއެވެ. މިއީ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު އެޑް-އޮން އެކެވެ. ނަމަވެސް، މި އެޑް-އޮން ބޭނުންކުރެވޭނީ ބައެއް ވެބްސައިޓްތަކުގައެވެ. އޭގެތެރޭން ބައެއް ވެބްސައިޓުތަކަކީ، ގޫގުލް އިމޭޖަސް، ޔޫޓިޔުޓް، އަދި ފްލިކަރ އެވެ. ކޫލްއައިރިސް ޑައުންލޯޑްކުރުމަށް މިތަނަށް ކްލިކްކޮއްލާށެވެ.