ދުޢާ
މުޙައްމަދު ނަދީމް، އުދަރެސް، ށ.މާއުނގޫދޫ
ޤުރުއާންކަރީމް ދެއްވި މަތިވެރި ނަބީއަށް ސަލާމް ލައްވަވާ ފާނދޭ ޔާރަޙީމް
ޔާރަޙީމް ޙަމްދު ކުރަމޭ އަބަދު ތިޔަ އިތުރު ހަޒުރަތަށް ޔާރަޙީމް
* * *
ހިތާއި ދުލުން ކުރާ މިދުޢާ އިޖާބަ ކުރައްވަވާފާނދޭ
ހިތާ ރޫޙުން ވެވޭ ތަޢުބާ ޤަބޫލު ކުރައްވަވާފާނދޭ
ކެތާ ޞަބުރާ ނަމޫނާ މާތް އެ ސިފަތައް ލައްވަވާފާނދޭ
ހިތާއި ދުލުން ކުރާ މިދުޢާ އިޖާބަ ކުރައްވަވާފާނދޭ
ނިފާޤާ ހަސަދައިން ޠާހިރު ޙަޔާތެއް ސާފު ދެއްވާނދޭ
ވެފާގަތި ކަންމަތީ އަބަދަށް އުފާ ޙާޞިލް ކުރައްވާނދޭ
ދެދުނިޔެއިން ރަޙުމަތައް އެދިގެން ދެއަތް އުފުލައި ދުޢާކުރަމޭ
ހިތާއި ދުލުން ކުރާ މި ދުޢާ އިޖާބަ ކުރައްވަވާފާނދޭ
ހިތާ ރޫޙުން ވެވޭ ތަޢުބާ ޤަބޫލު ކުރައްވަވައިފާނދޭ
ކިބުރުވެރިކަން ބޮޑާ ސިފަތައް ނަޞީބާ ދުރުކުރައްވާނދޭ
ޢަބުރުވެރިކަން ޙިމާޔަތުގައި ޢުމުރު ހެޔޮ ދެއްވަވާފާނދޭ
ލިބޭ ވޭނާ ލިބޭ އުފަލާ އުފުލުމުގެ ބާރު ދެއްވާނދޭ
ހިތާއި ދުލުން ކުރާ މި ދުޢާ އިޖާބަ ކުރައްވަވާފާނދޭ
ހިތާ ރޫޙުން ވެވޭ ތަޢުބާ ޤަބޫލު ކުރައްވަވާފާނދޭ
ކެތާ ޞަބުރާ ނަމޫނާ މާތް އެ ސިފަތައް ލައްވަވާފާނދޭ
ހިތާއި ދުލުން ކުރާ މި ދުޢާ އިޖާބަ ކުރައްވަވާފާނދޭ