އެއްކައުވަންތަ އިލާހު
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ރާގު: އޭ ރަސޫލާއޭ ފުރަ ކީރިތި މާތް.....
ކައުނުގައި ވީހައި ކަމަކާ ތަކެތީން، ފާލުވާނެ ދަލީލު އިލާހުގެ މާތް،
ޢުލޫމުން ޢުލޫމުން ޢުލޫމުން ޢުލޫމު، ޢުލޫމުން ޢުލޫމުން ޢުލޫމުން ޢުލޫމު
އިރު ހަނދާ ތަރިޔާ ވީހައި ފަލަކާ، ޢިލްމުގައި ގުޅިފައި ވެޔެ ކައުނު ފުރައި.
ދަލީލުން ދަލީލުން ދަލީލުން ދަލީލު، ދަލީލުން ދަލީލުން ދަލީލުން ދަލީލު
އޮއްސުމާ އެރުމާ ފަރަޤެއް ނުވުމާ، ރޭދުވާގެ ތަފާތުގެ ފާޅުކަމުން.
ޔަޤީންވޭ ޔަޤީންވޭ ޔަޤީންވޭ ޔަޤީން، ޔަޤީންވޭ ޔަޤީންވޭ ޔަޤީންވޭ ޔަޤީން
މަންޒިލުން ހަނދު ދާ ދިއުމަށް ޤުރުއާން، ހެކިދެޔޭ ހިނގުމާ ވިޔަޔާވި ގުޅުން.
ޙިސާބުން ޙިސާބުން ޙިސާބުން ޙިސާބު، ޙިސާބުން ޙިސާބުން ޙިސާބުން ޙިސާބު
އެންމެހައި ރުސުލުންގެ ފޮތާ ހެތްކާ، މުޢުޖިޒާތް ތަކުގައި ސީދާ ހެކިވޭ.
ޞަޙީޙުން ޞަޙީޙުން ޞަޙީޙުން ޞަހީޙު، ޞަޙީޙުން ޞަޙީޙުން ޞަޙީޙުން ޞަހީޙު
_________________________