ދިރާސީ އާ އަހަރަށް މަރުޙަބާ
އިންސާނީ ވެއްޓެއްގެ ބިންގަލަކީ އަޚުލާޤެވެ.
އަޚުލާޤު ހީނަރުވުމުގެ ޢަލާމާތަކީ، އިޖްތިމާޢީ ގުޅުން ހީނަރުވުމެވެ.
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
ފެށިގެން މިދާ އާ އަހަރުގައި، ޢިލްމީ ނަފާ ދެއްވާށިޔޭ!
ވެށި ފެހިވެގެން ޢިލްމީ ގަހުން، ފިނިފިނި ހިޔާ ދެއްވާށިޔޭ!
ދުވަހުގެ ތަހާނީ ލޯބިވެތި، އެދުރުންގެ އަރިއަހު ދަންނަވަން
ހުވަނދުން މަލުގެ ވަސްމީރުވީ، ދަސްތާ ވެދުން ކުރެވޭނެޔޭ
ލޮބުވެތިވި ދަރިވަރުނާ އެކީ، އެކުވެރި ބެލެނިވެރި އިޚުވަތުން
ލޮބުވެތިވި އަރިހަށް ފަށްފަށުން، ދުވަހުގެ ވެދުން ކުރެވޭނެޔޭ
ގައުމެއްގެ ކުރިމަގު ހެޔޮއަތަށް، ފުރޮޅައި ލެވޭ އަސްބާބަކީ
އައުމޭ ބިނާވެވިގެން ދަރީން، އެގޮތަށް ބިނާ ކުރެވޭނެޔޭ
އަޚުލާޤު ދޫކޮށްފައި ދެވޭ، ޢިލްމުގެ ނަފާ ނުލިބޭނެޔޭ
ރަޙުމާ ކުލުނު ހުރި ހެޔޮ ދަރީން، އެތަނަކު ބިނާ ނުވެވޭނެޔޭ
ގައުމަށް އެދޭނަމަ ހެޔޮގޮތެއް، އޮތްޙާލަތާމެދު ވިސްނަވައި
ނައުދާންވި ބަނދަރާ މަގު ދިމާ، މިޞްރާބު ކުރެވެން ވާނެޔޭ
ފިޠްރަތުގެ ތޯހިރުވީ ދަރީން، ވެއްޓަށް ތަޣައްޔަރު ވާނެޔޭ
ފިޠްރަތުގެ ވާރޭ މީރުފެން، މޫދަށް ވެހޭ ލޮނުވާނެޔޭ
_______________________