އަދުގެ ޚާއްސަ

Print

އެހީތެރިވެވިދާނެ ހެއްޔެވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޝިފްޒާން އަޙްމަދު (ޒާން)
ފޮޓޯ: މ. ޝަފީޤު

އަހަރެންނަކީ އެންމެ ނިކަމެތި މީހުންކުރެ މީހެކެވެ.
އަހަރެންނަކީ އެންމެ ދަތީގައި އުޅޭ މީހަކީމެވެ.
ތިބާއަށް މިދަތިކަން އިޙްސާސް ކުރެވޭހެއްޔެވެ؟

އަހަންނަކީ ވޭނާއި ކެކުޅުން ތަޙައްމަލު ކުރަންޖެހޭ މީހެކެވެ.
އަހަންނަކީ ކޮންމެ މިނިޓަކު ކޮންމެ ގަޑިއަކު ކޮންމެ ދުވަހަކު އެތައް ހިތާމައެއް ކުރަންޖެހޭ މީހަކީމެވެ.
ތިބާއަށް އަށް އަހަރެންގެ ހިތަށް ކުރާއަސަރު އެގޭ ހެއްޔެވެ؟


އަހަރެންނަކީ އަހަރެންގެ އަމިއްލަ ލޮބުވެތި ދަރިން ވަޅުލާންޖެހިފައިވާ މަންމައެވެ.
އަހަރެންގެ ނިކަމެތި މަޢުޞޫމު ދަރިންނެވެ.
އެކުދިން ވަޅުލާންޖެހެނީ މިނިކަމެތި ބާރެއްނެތް މަންމައަށެވެ.
ތިބާއަށް ކުށެއްނެތް މަޢުޞޫމް ކުދިންގެ ފުރާނަނެތް މަސްގަޑު އުފުލުމުގެ ވޭން އިޙްސާސް ކުރެވޭހެއްޔެވެ؟

އަހަންނަކީ އެތައް އަނިޔާއެއް ލިބުމަށްފަހު އަމިއްލައަށް އެއަނިޔާއަށް ފަރުވާކުރަންޖެހިފައިވާ ބިކަވެފައިވާ މީހަކީމެވެ.
އަަހަންނަކީ އަހަރެންގެ ކަރުނަ ފުހެދޭނެ މީހަކުންތް މިސްކީނަކީމެވެ.
ތިބާއަށް އަނިޔާވުމުން އިޙްސާސްކުރަންޖެހޭ ވޭން އެނގޭހެއްޔެވެ؟

އަހަންނަކީ ލެއިންތަތްތެޅިފައިވާ ހަށިތައް ފެންނަ މީހަކީމެވެ.
އެހީއަކަށް ބޭނުންވެފައިވާ މީހުން އަހަންނަށް ފެނެއެވެ.
އަހަންނަކީ ކޮންމެ ދުވަހަކު ހަތިޔާރުގެ އަޑަށް ހޭލެވޭ މީހަކީމެވެ.
ތިބާއަށް............ވޭނީ ގިސްލުމާއި ރުއިމާއި ކެކުޅުމުގެ އަޑުއަހަން ޖެހުނު ހެއްޔެވެ؟

ތިބާއަށް............ފަތިހު ހޭލެވެނީ ހަތިޔާރުގެ ގަދަފަދަ ބިރުވެރި އަޑަށް ހެއްޔެވެ؟؟ ނޫންނަމަ ހާލުގެ ރީތި ނަލަ އަޑުން ގޮވާލުމުންހެއްޔެވެ؟؟

އަހަރެންނަކީ އެކަނިމައިއެކަނި ދިރުމެއްނުވާ ޙާލު މަރުވެފައިނުވާ ޙާލު އިން މީހަކީމެވެ.
އަހަރެންނަކީ އުންމީދު ގެއްލި ކުރިމަގު ބަރުބާދުވެފައިވާ ބަލިކަށި މީހަކީމެވެ.
ތިބާ އެކަނިވެރިކަމާއި އުންމީދެއްނެތް ޙާލު ތަޙައްމަލު ކުރީމުހެއްޔެވެ؟

އަހަރެންނަކީ އަހަރެންގެ ހިތްކުދި ކުދިވެ، އަބަދުމެ ފެންކަޅިވެފައިވާ މީހަކީމެވެ.
އަހަރެންނަކީ ވިއްސިވިހާލިވެފައިވާ ފުރާނައަކީމެވެ.
ތިބާގެ ހިތްއެކަކުވެސް ކުދިކުދި ކޮށް ވިއްސިވިހާލި ކޮށްލިހެއްޔެވެ؟؟

އަހަރެން ލޯބިވާ އަހަރެންގެ މަޢުޞޫމު ދަރިން ކޮބައިހެއްޔެވެ.
އަހަރެން އެކަނިވެރިކޮށްފައި އެކުދިން ދިޔައީ ކީއްވެހެއްޔެވެ؟

ތިބާޔަށް އަހަންނަކީ ކާކުކަން އެނގިއްޖެ ހެއްޔެވެ؟
ނޭނގުނުނަމަ ދަންނާށެވެ. އަހަންނަކީ ޙިޞާރުކުރެވިުފައިވާ ޣައްޒާގެ އަންހެނަކީމެވެ.
އަހަރެންގެ ޅަދަރިން ނުބައި ޔަހޫދީން ކަތިލައިފިއެވެ.
ތިބާޔަށް އެހީތެރިކަން ފޯރުކޮށްދެވިދާނެހެއްޔެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ