އަދުގެ ޚާއްސަ

Print

ޤަބޫލުކުރަން ދަތި. އެހެނަސް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: ޝަމްސުލް ފަލާޙް

* އިލެކްޓްރިކް ޗެއަރ އުފެއްދީ ޑެންޓިސްޓެކެވެ.
* އިންސާނާގެ ހަށިގަނޑުގައި ސިކުންތަކު 15 މިލިޔަން ރެޑް ބްލަޑް ސެލްސް އުފައްދައި ނައްތާލައެވެ.
* ދުނިޔޭގައި މީހުންނަށް ކިޔާ ނަންތަކުގެ ތެރޭން އެންމެ ގިނަ ފުރަތަމަ ނަމަކީ، މުޙަންމަދު އެވެ.
* ބޮއިންގ 747 ގެ މަތިންދާބޯޓަކަށް 57285 ގެލަނުގެ ތެޔޮ އެޅެއެވެ.
* ވައިލިން އެއްގައި ގާތްގަނޑަކަށް ތަފާތު 70 ފިލާކޮޅު ބޭނުންކުރެވިފައިވެއެވެ.
* ޖަންގަލީގައި ރޯވާ އަލިފާން، ފަރުބަދައިގެ ތިރިޔަށް ފެތުރޭވަރަށްވުރެ، ފަރުބަދައިގެ މައްޗަށް ފެތުރޭ ދުވެލި މާ އަވަހެވެ.

* ދުނިޔޭގައި ޗާޕްކުރެވޭ ނޫސްތަކުގެ ދެބައިކުޅަ އެއްބައި ނޫސް ޗާޕްކުރެވެނީ އެމެރިކާއާއި ކެނެޑާގައެވެ.
* ނިޔު ޒީލޭންޑްގައިއ އުޅޭ ކެއޫ (Kea) ކިޔާ ގުރާ، ކާރުތަކުގެ ކުޑަދޮރުގެ އަރިމަތީގައި އަޅާފައިހުންނަ ރަބަރުކައެވެ.
* އިނގިރޭސިން ޓައިޕްކުރާއިރު އެންމެ އަތްބަދަލުކުރަންޖެހޭ (އެއްއަތުން އެއްއަކުރު، އަނެއްއަތުން އަނެއް އަކުރު) އެންމެ ދިގު ބަހަކީ، skepticisms މިބަހެވެ.
* އެމެރިކާގައި ހުންނަ އެމްޕަޔަރ ސްޓޭޓް ބިލްޑިންގގައި، 10 މިލިޔަނަށްވުރެ ގިނަ ބްރިކް ބޭނުންކޮށްފައިވެއެވެ.
އިރު، ދުނިޔެއަށްވުރެ 330330 ގުނަ ބޮޑެވެ.
* "The quick brown fox jumps over a lazy dog." ގައި އިނގިރޭސި އެލްފެބެޓްގެ ހުރިހާ އަކުރެއް ހިމެނެއެވެ.
* އެއްވެސް އަކުރެއް ތަކުރާރުކުރުމެއްނެތި، އިނގިރޭސިބަހުން ލިޔެވޭނެ 15 އަކުރުގެ ބަހަކީ، "uncopyrightable" އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ