އަދުގެ ޚާއްސަ

Print

މަދިރި

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެނގޭތަ


ޝަމްސުލް ފަލާޙް

މަދިރިއަކީ، ރާއްޖޭގައި ވަރަށް ޢާންމު ސޫތްޕެކެވެ. ތަފާތު ބަލިތައް ފަތުރާ ސޫތްޕެކެވެ. އެހެންކަމުން، ނުރައްކާތެރި އެތައް ބަލިތަކެއް ފަތުރާ މި ސޫތްޕާބެހޭގޮތުން މަޢުލޫމާތުކޮޅެއް ޙިއްޞާ ކޮއްލާނަމެވެ. ޑެންގޫ ހުމާއި، ރީނދޫހުމާއި، މެލޭރިޔާއާއި ފައިލޭރިޔާ ފަދަ ބަލިތަކަކީ މަދިރީގެ ސަބަބުން ޖެހޭ ބައެއް ބަލިތަކެވެ. ބަލިބައްޔަށް ފަރުވާކުރުމުގެ ވަޞީލަތްތައް އަޅުގަނޑުމެންނަށް ލިބިފައިވާތީ، މަދިރިއަކީ ހަމައެކަނި ތުރާއެއްކަމަށްވިޔަސް، ފަރުވާކުރެވެން ނުހުންނަ ތަންތަނުގައި މަދިރިއަކީ، ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި އެއްޗެކެވެ.
މަދިރީގެތެރޭން، ލޭ ބޮނީ ހަމައެކަނި އަންހެން މަދިރިއެވެ. އެއީ، ބިހަށް ބޭނުންވާ ކާނާ ހޯދުމަށްޓަކައެވެ. ފިރިހެން މަދިރިއަކީ، ލޭ ނުބޮއިކަމަށްވިޔަސް، ކާނާ ހޯދަނީ، މާމަލުގެ ކަރުގަނޑުން (މަލުގެ ފޮނިކޮޅު ބޮއެގެން) ނެވެ.

ކެމިކަލް ސެންސަރުތައް
މަދިރިއަކީ، ވަރަށް ދުރުން (ގާތްގަނޑަކަށް، 100 ފޫޓް (36 މީޓަރު))، ކާރބަންޑައިއޮކްސައިޑް އާއި ލެކްޓިކް އެސިޑް ދެނެގަންނަ އެއްޗެކެވެ. އިންސާނުންނާއި ޖަނަވާރުންގެ ގައިން ހިއްލާ ދަލަކީވެސް މަދިރި ވަރަށް ވަރު ހުންނަ އެއްޗެކެވެ. އެހެންކަމުން، ގިނައިން ދާހިއްލާ މީހުންގެ ގައިގައި، ގިނައިން މަދިރި ހަފާކަމަށް ފާހަގަކުރެވިފައިވެއެވެ. އިންސާނުންނާއި ޖަނަވާރުންގެ ގައިގައި ހިނގާ ހޫނު ލޭ ދެނެގަތުމުގައިވެސް މަދިރިއަކީ ވަރަށް ކުޅަދާނަ އެއްޗެކެވެ. އަދި މީގެއިތުރުން މަދިރީގައި ވިޝުއަލް ސެންސަރެއްވެސް ހިމެނެއެވެ. އެއީ، އޭއްޗަށް ފެންނަ އެއްޗެހި ދެނެގަނެ، ވަކިކުރާ ހިއްސެކެވެ. 

މަދިރީގެ ހަށިގަނޑު


ބޯ – ލޭ ބޯ ކަށްޓާއި އެހެނިހެން ސެންސަރުތައް ހުންނާނީ މަދިރީގެ ބޮލުގައެވެ. ބޮލުގައި ދެ ލޯ ހުރެއެވެ. އަދި ދެ އެންޓަނާ ހުރެއެވެ. އޭގެން، ކެމިކަލާއި އަނގައިގައިވާ ޕަލްޕަސްއާއި ޕްރޮބޯސިސްގެ މަސައްކަތްތައް ދެނެގަންނާނެއެވެ. ޕްރޮބޯސިސް ހުންނާނީ ހަމައެކަނި އަންހެން މަދިރީގައެވެ.
ތޮރެކްސް – މިއީ، ދެ ފިޔައާއި، ހަ (6) ފައި ހިމެނޭ ބައެވެ. އުދުހެން ބޭނުންވާނޭ ހަށިގަނޑުގައިވާ މަހާއި، ހިތާއި ބައެއް ސެލްތައްވެސް މިބައިގައި ހިމެނެއެވެ.
އެބްޑޯމަން – މަދިރީގެ ހަޖަމުކުރާ ނިޒާމާއި، ނަޖިސްއުފައްދައި ބޭރުކޮއްދޭ ގުނަންތައްވެސް ހުންނަނީ މިބައިގައެވެ.

މަދިރީގެ ލައިފް ސައިކަލް




މަދިރީގެ ވައްތަރުތައް
ދުނިޔޭގައި މަދިރީގެ 2700 ވައްތަރު ވެއެވެ. މީގެތެރޭން މައިގަނޑު ވައްތަރުތައް ތިރީގައި ފާހަގަކުރެވިފައިއެވަނީއެވެ.

އީޑީސް މަދިރި (Aedes)
މިވައްތަރުގެ މަދިރިއަށް، "floodwater" މަދިރިއޭވެސް ކިޔައެވެ. މިހެން ކިޔަނީ، މިވައްތަރުގެ މަދިރި ބިސްއެޅުމަށްޓަކައި ބޮޑެތި ފެންގަނއޑުގަނޑު ބޭނުންވާތީއެވެ. މިވައްތަރުގެ މަދިރިއަކީ، ދުރު ހިސާބުތަކަށް އުދުހުމަށް ވަރަށް ކުޅަދާނަ މަދިރިއެކެވެ. އޭގެ ދުވެއްޔަކީ، 75miles/121 km އެވެ. އިރުއަރާއިރުއާއި އިރު އޮއްސޭއިރު، މިވައްތަރުގެ މަދިރި ވަރަށް ގިނައިން މީހުންގެ ގަޔަށް ލޭބުއިމަށް ކަށި ޖަހާނެއެވެ. މިވައްތަރުގެ މަދިރި ކަށި ޖަހާއިރު، ވަރަށް ތަދުވާނެއެވެ.
Anopheles 
މިއީ، މެލޭރިޔާ ޖައްސާ މަދިރިއެވެ. މެލޭރިޔާ ފަތުރަނީ، Anopheles quadrimaculatus އޭ ކިޔާ މަދިރިއަކުންނެވެ. މިއީ، ވަޅު ފަދަ ތަންތަނުގައި ރީތިފެނަށް ބިސްއަޅައި އާލާވާ މަދިރިއެކެވެ.
Culex
މިވައްތަރުގެ މަދިރި އާލާވަނީ، ތަންތަނު ހަރުލާފައި ހުންނަ ދައުރުވުމެއްނުވާ ފެނުގައެވެ. މިވައްތަރުގެ މަދިރި ހެފުމުން، ވަރަށް ތަދުވާނެއެވެ. ނަމަވެސް، މިއީ، އެހާ ދުރު ހިސާބުތަކަށް އުދުހެވޭ މަދިރިއެއް ނޫނެވެ. 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ