އަދުގެ ޚާއްސަ

Print

ހަރުފައިގެ ދޫ

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: ޝަމްސުލް ފަލާޙް

ހަރުފައިގެ ދުލަކީ، ޙަމަލާދިނުމަށް ނުވަތަ ޝިކާރަކުރުމަށް ބޭނުންކުރާ ނުރައްކާތެރި ގުނަވަނެއް ނޫނެވެ. ހަރުފައިގެ ދޫ ބޭރަށް ނެރެނީ، އޭތީގެ މަތީތަލީގައިވާ ވަހުން މަޢުލޫމާތައް ދެނެގަތުމުގެ ގުނަވަނަށް (ޖެކޮބްސަންސް އޯގަން) މަޢުލޫމާތު ހޯދައިދިނުމަށްޓަކައެވެ. ދޫ ބޭރަށް ނެރޭ ކޮންމެ ފަހަރަކު، ހަރުފައިގެ އަނގައިން، ކެމިކަލް ޕާރޓިކަލްތަކެއް ބޭރަށް ބުރުވާލައެވެ.

އަދި ދޫ އަނގައިގެ ތެރަށް އެނބުރި ވައްދާއިރު، ދެބަޔަށްވާ އޭތީގެ ދުލުގެ ކޮޅުތައް (ހަރުފައިގެ ދޫ އުފެދިފައިވަނީ ދެ ބަޔަކަށް)، ހުޅުވިފައިވާ ޖެކޮބްސަންސް ގުނަވަނުގެ ތެރަށް ކުޑަކޮށް ވައްދައިލައެވެ. އެއަށްފަހު، މާހައުލުގައިވާ ޖަނަވާރުތަކުގެ ވަހާއި އެނޫންވެސް މަޢުލޫމާތުތައް ދެނެގަނެވެއެވެ. އަދި މިހާހިސާބުން، ހަރުފަ ޢަމަލުކުރަންވީގޮތްވެސް ވިސްނަން ފަށައެވެ. ފިރިހެން ހަރުފައިގެ ދުލަކީ ޙިއްސަކަށް ބޭނުންކުރާ ގުނަވަނެއްގެ އިތުރުން، ޖިންސީ ގުނަވަނެއްވެސްމެއެވެ.




އިދާރާ

އެނގޭތަ؟

ވާހަކަ