އަދުގެ ޚާއްސަ

Print

ފަރިޗާލު ކަނދުރާ

ޝާޢިއުކުރީ މައިކް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މައިކް                                     

ފަތިހުގެ ފިނި ވައިތެރޭން    ނަލަނަލ ރޯޅީގާ
ރަން އަވި ދޯދިން ފަރިޗާލު ކަނދުރާ ބަބުޅަންށޭ ފެށީ

ނޫކުލަ ސާލަށް ގެއްލިފަ އިނދެފާ
ނޫން ގޮތަކަށް އެބަލާލީތާ
ހިތްއެދި ގޮވިޔޭ ނުރުހުންވިޔަކަސް
ބޮސްދިނުމަށް ތިޔަ ސޫރައިގާ

ސޫރަ ރިވެތި ހަށިގަނޑުގެ ވެރިޔާ
ރޫޙުލިބެން އެދެވެނީތާ
ހޫނުގައި ހައި ހުންނަން ދެންޖެހުނަސް
ކޮސް ގޮވެނީ ލިބުމަށް އޭނާ

ދޫނި އެއުދުހޭ މިނިވަންކަމުގާ
ދޫނުމެދީ އުޅެވެނީތާ
އުދަރެސްފަށުން ޔަޤީންކަން ލިބުނަސް
އުފަލުން ނަށަން މަ ބޭނުންވޭ

ތޫނުވި ތީރެއް ފޮނުވާލާފާ
ކޫރުއަޅާ ކަތިލާލީތާ
މޫނުގެ ޙަރަކާތް  އާނ ބަސް ބުންޏަސް
އަދިވެސް މިހިތް .... ތެޅެނީތާ


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ