އަދުގެ ޚާއްސަ

Print

ދިވެހި ރާއްޖޭގެ ޢަޖާއިބުތައް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ތާރީޚް


ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (1933)

އޭދަފުށީ މިސްކިތުގެ ދެކުނު ފަރާތުން މިސްކިތުގެ ތަންކޮޅެއް ދުރުގައި އަޖާބެއްކަހަލަ ދިވެހި ރުކެއް އެބަ ހުރެ އެވެ. އެރުކަކީ މިހައިރު މެދުފަންތީގެ ރުކެކެވެ. އެރުކުގެ ކޮންމެ އެތެއް އައިސް އެތް ފަޅައިގެން ދާއިރު، އެތުގެ ތެރޭގައި ހުންނަނީ ކުޑަ ކުޑަ ދިވެހި ރުކެކެވެ. ދެން މި ކުޑަ ރުކުގެ ފަންތައް ވެސް ރީތިކޮށް ފޮޅެމުން، ހެދެމުން ގޮސްފައި، އެ އެ އެތް ހިކިގެން ވެއްޓޭއިރު އެތާއި އެކުގައި ވެއްޓި ދެއެވެ.

މި ނޫސް ކިޔުއްވާ ބެއިކަލުންތެރޭގައި، މި ރާއްޖޭގެ މިކަހަލަ އަޖައިބެއް ދެނެހުންނެވި ބެއިކަލަކު ވާނަމަ، އެ ވާހަކައެއް މި ނޫހަށް ލިޔުއްވައިފިއްޔާއި، މި ޢުންވާނުގެ ދަށުގައި ލިޔުނުމަށް އަޅުގަނޑުމެން އެދިތިބީމު އެވެ.

އަޅުގަނޑު މެންނީ އެޑިޓަރުން.

މަޢުލޫމާތު:

ޙުސައިން ޞަލާޙުއްދީން(1933). އަލްއިޞްލާޙު (ފުރަތަމަ ޢަދަދު):

ހަމަމިގަލަމުން

އިދާރާ

ވާހަކަ