އަދުގެ ޚާއްސަ

Print

މިތުރުންގެ މީމު ހާއަކަށް ބަދަލުވެއްޖެ!

ޝާޢިއުކުރީ ޔޫސުފް މުޙައްމަދު ފުޅު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަލްމަރްޙޫމު ޔޫސުފް މުހައްމަދުފުޅު

މިތުރުންގެ ލޮބުވެތި މީމުވެސް ފުރޮޅިއްޖެޔޭ އަދު ހާއަހަށް
      ހަތުރުންނެ ދުނިޔޭގައިވަނީ ވީމާ އައިސް މިޒަމާނަކަށް

އަޚުވަންތަކަން ގެއްލިއްޖެޔޭ ރަހުމާއި ލޯބި އޮޅިއްޖެޔޭ
     އަޚުލާޤު ނަގަހައްޓަން ހިފީ ކެހިވެރިކަމޭ ހަތިޔާރަކަށް

އެދުމެއް އޮތިއްޔާ  ދައްކައޭ އަލިމޫނު ވަދެލާފާ ގެއަށް
            ފުދުމުން އެކަން ހަމަ ނުހަދައޭ ދުވަހަކު ތިމާ ދުށްމީހަކަށް

ދެންޏާ ފަސޭހަ ތިމާކުރާ ކަމަކަށް އެފަހިވާ ބީދައިން
             ވަންޏާއި  ފުދިގެން ނުބެލެއޭ އަނެކާގެ ވާނޭ ދައްޗަކަށް

އެހިދާ ހިނދެއްގައި ހެޔޮލަފާ ދައްކާލައޭ މަގު ރީތިކޮށް
            ޖެހިލުންވުމެއްނެތި ވީނުބައި އަތަކަށް ލެނބޭ މިސްރާބަކަށް

ނުފިލާހުރޭ ވޭނެއް ހިތުން ދާހިނދަކު ދެކޮނޑު ޖެހޭ ފަށުން
             އުފުލައި އަތެއް ނުލުމުންކުރާ ރައްބީގެ ރިވެތި ސަލާމަކަށް
ް
މީހުންތެރޭގައި އެކު އުޅޭ ކުރިމަތި މިވާ މައްސަލަތަކުން
            މީހެއް  ނުފެނުނޭ  ހެޔޮހިތުން  ބެލެވޭ އަމާނާތްތެރިއަކަށް

އަދު އެންމެ ކައިރީގައި އުޅުނު ތެދުވެރި މިތުރުވެސް ވަކިވެގެން
            ތަދުތައް ހިތަށް   ދީފައިދަނީ ވެވިގެން  ޚިޔާނާތްތެރިއަކަށް

މިތުރަކު ވަނިއްޔާ ގޭތެރަށް ޢިއްފަތްތެރިންގެ އަރާއިމަށް
            ފިތުނައިގެ އަލިފާނެއް ހެދޭ އަޅަނީ ދަރޭ ހުރި އުނދުނަކަށް

ކައިރީ އުޅޭ އޮޅު ސޫފިހެން މާރީތިކޮށް ގައިގޯޅިވާ
            ކައިރިން ފިލީމާ ވީބަދަލް ދާށިގެ – ނަގުލަން އަސްލަކަށް

ދެނެގެން ނުހުރެ ވާކަށް ނެތޭ ހޯނާ ބޮނޑާވެސް ހަރުފަޔާ
             ފެނިގެން އަރާ   ފައިބާއުޅޭ   ގޯތީތެރޭ ސަރަހައްދަކަށް

ސަހަރޯ މިއީވެސް ދުނިޔެއޭ ފަހަކަށް ޚިޔާލެއްވެސް ނެތޭ
             ޖަހަމުންދަނީ ކުޅި ހެއްލިގޮސް ގެއްލޭ ނިފާޤީ  މިއުޒިކަށް

އިދާރާ

އެނގޭތަ؟

ވާހަކަ