އަދުގެ ޚާއްސަ

Print

މަގޭ ރާއްޖެ

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޝަމްސުލް ފަލާޙް

އިތާމުތްތަކެއްހެން ވިދާރީތި ރަށްތައް
     މިތާގައިމުވާތީ އުފާވޭ މިހިތްތައް
         ހިތާރޫޙުދީގެން ގުޅާލާށެ އަތްތައް
             މިތާއަބަދުވޭތޯ މިހެންފަހި ދުވަސްތައް


މިތާވާ އަމާންކަން ލިބުންއެދި މިހިތްތައް
     މިތާފަސްޖެހޭފަދަ ޔަޤީންނެތް އެސިފަތައް
         "ހިތާލޭން ޖިހާދެއް ކުރާނަން މިހަށިތައް"
             މިތާކޮންމެ ރަށަކުން އިވޭނޭ މިބަސްތައް



ވަޔާއެކު މިވިހުރޭ ދިދައިގާވި ކުލަތައް
     ޙަޔާތްތައް އުފާވާނެކަމުވޭ އެހެކިތައް
        "ނަޔާކަން ލިބޭނޭ ދެކޭށޭ މިފަތްތައް"
            ވަޔާއެކު މި ވިހުރޭ ބުނާނޭ މިގަސްތައް


ނޯޓް: މިލަވަ އަޅުގަނޑު ހެދީ 2005 ވަނައަހަރުއެވެ. މިލަވަ އެންމެ ފުރަތަމަ ޓެލެވިޜަން މޯލްޑިވްސްއިން ދައްކާފައިވަނީ، 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ، ސުނާމީ ކާރިޘާއަށް އެއް އަހަރު ފުރުނު ދުވަހެވެ. މާފުކުރައްވާށެވެ. އަޅުގަނޑަކީ ޝާޢިރެއްނޫނެވެ. ޅެންވެރިކަމަށް ޝައުޤުވެރިކަން ހުންނަ، ޅެން ހެދޭތޯ މަސައްކަތްކުރާ މީހެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ