އަދުގެ ޚާއްސަ

Print

މި ނިކަމެތި ހިތުގެ ފަސާނާ

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ލިޔުނީ: އަލިފުޝީނު

ކަލާގެ ހިތަށް މި ނިކަމެތި ހިތުގެ ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!

ހުރަސް ކުރަން އޮތް ދިގުރާސްތާ ދިގެވެ.

ހުރަސްކުރެވުނު އެ ދިގު ރާސްތާ އަދި މާދިގެވެ.

ސަރާސަރު ހިލަ ބިމުގައި ވެސް މި ފިޔަވަޅުތައް އެޅޭގޮތް ނުވެ

ގަނބައިގަންނަން ފަށައިފިއެވެ.


ބިންގާ މައްޗަށް ނެގި އުސްފާރުތަކުގެ ފުރަގަހަށް ލާ ކަލާގެ ގަނޑުވަރު ކަލާ ފޮރުވައިފިއެވެ.



ކަލާގެ ހިތަށް މި ނިކަމެތި ހިތުގެ ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!
ރިހިހަނދާ ފެތުރިފައިވާ ހަނދުވަރާ އޭގެ ތެމާވެސް އެ އެއްބަސްވަނީއެވެ.
ފިނި ރޭތަކުގައި އެ ހަނދުވަރުމަތީ މި ޝަކުވާ އުފުލައިދިނެވެ.
ފާން އަދި ކޮކާ ހަނދުވަރުންވެސް މަގު އަލިކޮށްދިނެވެ.
ހުރިހާ އުންމީދައިގެން ގޮސް އުންމީދާއެކު އުންމީދުގެ ކުންނަށް އަރައިފިއެވެ.
އެހެނަސް ކަލާގެ ފަށުވި އަބުއި ޗާދަރު އެހަނދުވަރު ތިޔަ މޫނަށް އެޅުމަށް ހުރަސްއަޅައިފިއެވެ.

ކަލާގެ ހިތަށް މި ނިކަމެތި ހިތުގެ ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!
ދައުރުވާ މޫސުން ބަސްބުނެ އެއްބަހޭ ބުނާ އަޑު އިވޭނެއެވެ.
ފިނި ވައިރޯޅި ތިޔަ ހަވޭލީގެ ވަށައިގެން ކިޔަމުން ދިޔައީ މި ތަރާނާއެވެ.
ހެނދުނާ ހަވީރާއި އަބަދާއި އަބަދު، އަދި ތާއަބަދުވެސް މެއެވެ.
ނަމަވެސް ކަލާގެ ދާނުގެ ވަފާތެރިކަމެއްނެތް ސަނދުވާ ހަތިޔާރާ ހަނގުރާމައިގައި މޮޅުވެ އެކަން އިޢުލާނުވެސް ކޮށްފިއެވެ.

އާހްހްހް. . .
ތިޔަ ހިތަށްވެސް މި ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!
ދިވެހި ބަސް އޭގެ ސިހުރުވެރިކަން މިދެމެދުގައި ރަނގަޅަށް ފަތުރައި ނިންމައިފިއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ