އަދުގެ ޚާއްސަ

Print

ހެއި ނަކަތާއި ދޮންދޫނި

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


 އާދަމް  ޢަބްދުއްރަޙްމާނު/ އުތީމު  

ހެއި ނަކަތް އައުމުން،  އެނގޭނޭ ގޮނޑުދޮށާ އަދި އެއްގަމުން،
        ހެއިނަކަތު ދޮންދޫނި    އާދޭ ދުރުދުރުން  ހަމަ އުދުހެމުން،

ލެބުރު ދޫންޏާ، ލޯފިނދާ، ވެސް ބައިވެރިންގެތެރޭ އުޅޭ،
           އަބުރުވެރިކޮށް އުދުހެމުންދޭ  ދެއަރިއަށް ބޯއަނބުރަމުން،


ވާރެވެހުނަސް އަވިދިނަސް، ބެލުމެއްނެތޭ ނަކަތުގެތެެރޭ،
        ކައިރިކައިރިން،  ތިރިތިރިންދޭ އުދުހިފާ    ފިޔަހުޅުވަމުން،

އުދުހެމުން ދިޔަޔަސް، އެސޮރުމެން ފިޔަދަމާލާ ވައިތެރޭ
        ކުދިވެރިން ކިރު އިލޮށި ޖައްސާ    ތަތްކުރޭ ބޭނުންވުމުން،

އެންމެ ދެރަ އާދައިގެ މީހާވެސް ދަނޭ ދޮންދޫނިތައް
        އެންމެ ރަނގަޅަށް    އަތުޖެހޭނީ ދަޅަމަތީ   ރޯނާވުމުން،
 
ހޯދިޔަސް ނުފެނޭ ނަކަތް ހަމަ ހުސްވުމާއެކު ގެއްލިދޭ،
        ލޯތަކަށް ދައްކާލަނީ   ދެެން އަންނަ  އަހަރުގެ މޫސުމުން،

ދަންނަވަންތޯ ކަންހިނގާނީ އަޒަލުގައިވާ ޙިކުމަތުން،
        އަންނަ ކަމެކޭ    މިކަމަކީވެސް، މިގޮތުގާ ފުރިހަމަވަމުން،  

އިދާރާ

އެނގޭތަ؟

ވާހަކަ