އަދުގެ ޚާއްސަ

Print

ޕޭ ޓޮއިލެޓް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2003)

ފަރިކަމާ ފުރިހަމަ ކަމުން، ގިނަ ހިތްތަކާ ކުޅެލާނެޔޭ

      ބަރިޔަކަށް،  ޚިދުމަތް  އެދޭ މީހުން  ޖަމާވެ  ތިބޭނެޔޭ
        

އިޙްތިރާމުގެ ނަޒަރަކުން  އެ ދިމާ   ބަލައިލާނޭ ލޮލެއް،

       މިހުރިހާ   މީހުން  ތެރޭަގައިވެސް  ހިލައި  ނުމެވާނެޔޭ

ސާފު ހުދު ބޯކިރުތިކެއްހެން މުޅި ޢިމާރާތް ދެއްކިޔަސް،

       ސާފު ތާހިރުކަން   ޙަޤީޤަތުގައި   އެތާކު   ނުވާނެޔޭ

އަށްޑިހައިން ސައްތައިން، ރެޔާއި ދުވާލު މީހުން ދާނެޔޭ

       އަށްސަތޭކަ ވިޔަސް އެދޭ ޚިދުމަތް އެހެން   ލިބިދޭނެޔޭ

ހަށިތަކަށް ލުއިކަން ދިނަސް، އެތަނުން ހިޔާވަހިކަންދިނަސް،

        ''ކަށިތަކެއް ފަދަ ވިހަ'' ނުރައްކާ އެތަނުގައި   ހުންނާނެޔޭ

ގަނޑުވަރެއްހެން ނުހަނު ޒީނަތްތެރި ވިދުންތައް ގިނަކަމުން،

         ދަނޑުވެރިންވެސް ސާހިބުންވެސް އެތަނުގައި މަޑުޖެހިލަޔޭ

ދޭހިތުން ޚިދުމަތް ދިނަސް، ބޭނުން އެދޭ ފުއްދައި ދިނަސް،  

          ''ފޭހިފައި ހުރި ކަށިތަކަށް'' ގިނަ ބަޔަކު  މަހަމުންދާނެޔޭ

އަންނަ އެކި އެކި ފެންވަރުން އެކި ކަހަލަ އެކި އެކި މީހުނަށް

          ވަންނަ ދޮރު ތަނަވަސް ކުރީމާ، ތަންމުޅިން  ހަޑިވާނެޔޭ

ހެޔޮ ރަނގަޅު ގޮތް، އެއްކިބާކޮށް، ޢަމަލުގައި ދޯހަޅިވުމުން،  

          ހެޔޮމަގުން  ރެކުމުން  ލިބޭ  ގެއްލުން  ލަހެއް ނުމެވާނެޔޭ

ނާދިރޭ  ވެށްޓަށް މިފަދަ ހޭނިއްޖެނަމަ އާދަވެ ތިބާ!

          އާދެ! ދެ ބިމުން، މިންޖުވުން  އޭރުން    ހަލާކުވެދާނެޔޭ  

ހަމަމިގަލަމުން

އިދާރާ

ވާހަކަ