އަމާނާތެކެވެ!
ލަވައެއް:
އާދަމް ނަޞީރު އިބްރާހީމް (2009)
(މަޤުތޫލު)
ރާގު: ކަލާގެ ލޯބި ލިބޭތޯ ހުރީމެ ދުނިޔޭގައި
މަލާއެ މަލުގެ ވަހާ ކުލަ، އެއީ އަމާނާތޭ
އެކަން ހަނދާން ނެތުމީ، އެންމެ ބޮޑު ޚިޔާނާތޭ
ބަލައިލި ކޮންމެ ލޮލެއް ޝަރަފުގައި ހިމޭންވާނޭ
ކުލައިގެ މޫރިތި ކުރެހުންތަކަށް ފިދާވާނޭ
ކަލާނގެ ވަންތައެ ކުޅަދުން ހިތުން ކިޔާލާނޭ
ޢިލާޖަކަށް ލުއިލުއި މީރު ތިޔަ ޝަޒާވާނޭ
މި ލާބަވެތިކަމަކީ ޢިއްޒަތާ ކަރާމާތޭ
އެކަން ހަނދާން ނެތުމީ، އެންމެ ބޮޑު ޚިޔާނާތޭ
ހަނދަށް އެ ހަނދުވަރު ނެތް ނަމަ ކޮބައިހެ ބޭނުމަކީ،
ކަނޑަށް އެ ކުލަވަރު ނެތްނަމަ ކޮބައިހެ ޒީނަތަކީ،
ވިލާގެ ވާރޭ ނެތް ނަމަ ކޮބައި ޠަބީޢަތަކީ،
ހަތައިގެ މާ މުއި ނެތް ނަމަ ކޮބައިހެ ލައްޒަތަކީ،
އިތައި މުތުން ވަކި ކުރުމީ އެއީ އިހާނާތޭ
އެކަން ހަނދާން ނެތުމީ، އެންމެ ބޮޑު ޚިޔާނާތޭ