އަދުގެ ޚާއްސަ

Print

ޤައުމު އަދު ގިސްލާރޮނީ!!

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ލިޔުނީ: އަލިފުޝީނު
އަޙްމަދު ޝަމީނު ދޮންމަނިކު،
ފިނިވާގެ އއ. ތޮއްޑޫ

(ނޯޓް: އަޅުގަނޑުގެ ފަރާތުން ތިޔަ އެންމެ ބޭފުޅުންނަށް އުފާވެރި ޤައުމީދުވަހުގެ ފެހި ތަހުނިޔާ އަރިސްކުރަމެވެ. އެއާއެކު އެހެން ޝުޢޫރެއްވެސް ހިއްސާކޮށްލާ ހިތްވީއެވެ. އެއީ ދިވެހި ޤައުމުގެ ހާލުގެ ދުލުން ހާމަ ނުކުރެވިގެން އުޅޭ ޝުޢޫރެވެ. އަޅުގަނޑުމެންގެ ޤައުމު ގިސްލާރޮނީއެވެ.)

ދިވެހިބަސް ދިވެހިންގެ ކަނޑުގައި ދިޔަވެ ޣަރަޤު ވަމުން ދަނީ
       ދިވެހިބަސް އަދު ޣަރްޣަރާގައި....  ޤައުމު އަދު ގިސްލާރޮނީ!!

ދިވެހި ގުޅުމާ އުޅުމުގައި ހުޅަނގުގެ ދަވާދު މިއޮށް ލަނީ
       ދިވެހިސިފަތައް އަދު ކަފުނުގައި.... ޤައުމު އަދު ގިސްލާރޮނީ!!

ދިވެހި ދީނުގެ ބާރުވެރިކަން ޅޮސްއުނދޯއްޔަށް އެރުވެނީ
         ދިވެހި ދީން ނިކަމެތި ކުރެވިފައި.... ޤައުމު އަދު ގިސްލާރޮނީ!!

ދިވެހި ދިދަ އަދު ދިވެހި ވައިގައި ވިހުރުމަށް ލަދުވެތިވަނީ
        ދިވެހިދިދަ ރަނގަޅަށް ބަނދެވިފައި.... ޤައުމު އަދު ގިސްލާރޮނީ!!

ދިވެހި އަގުތައް އަގު ނުކުރެވޭ، އަގު ނެތީތީ ދޫވަނީ
       "ދިވެހި" ، ނަން ވެސް ނީލަމެއްގައި...ޤައުމު އަދު ގިސްލާރޮނީ!!

ދިވެހި ޢުމްޤުން އާހުގައި އާދޭސް ކުރާށަ ނުކުޅެދެނީ
        ދިވެހި ކަންފަތް ބައްކުރެވިފައި....  ޤައުމު އަދު ގިސްލާރޮނީ!!

އިދާރާ

ވާހަކަ