އަދުގެ ޚާއްސަ

Print

އެއް ޅެމުން ދެ ލަވަ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާނު/އުތީމު

ލިޔަން ބޭނުންވަނީ، ވާހަކަ ޒަމީރާ –ކިޔަންހުރި  ގިނަ  ތަފާތުތަކުން ސަމީރާ

އޮފީހުގެ ކާތިބާއެއްމީ  ޒަމީރާ     އޮފީހަށް  އައި އެސިސްޓެންޓެއް ސަމީރާ

މިސާލެއްފަދަ މުވައްޒަފެކޭ  ޒަމީރާ   ފިސާރިތެދޭ  މިއާ އިދިކޮޅު  ސަމީރާ

ބާރާބަރު ގަޑިތަކަށް އާދޭ ޒަމީރާ     ހަރާމޭ   އެގޮތަކަށް ނާދޭ  ސަމީރާ

ލިޔާހުރިހާ ސިޓީ ލިޔަނީ  ޒަމީރާ   ކިޔާށޭ  އިންނަނީ  ވާހަކަ  ސަމީރާ

ދެމުން އެކިއެކި ޖަވާބު ދަނީ ޒަމީރާ  ހެމުން ދިގު ކޯލުތައް ކުރަނީ ސަމީރާ


ލިޔާ ލިޔުމުން ކުށެއް ނުފެނޭ ޒަމީރާ     ލިޔާނަމަ    ބޭނުމޭ ޓިޕެކްސް  ސަމީރާ

ވެރިން އަންގާ ގޮތަށް އުޅެޔޭ ޒަމީރާ      ވެރިންނަށް ކުދި ކިޔަން ހިނގައޭ ސަމީރާ 

ވެއޭ ބޭރަށް ނުދާކަމުގައި   ޒަމީރާ            ދެއޭ އިރުއިރު ކޮޅުން ބޭރަށް ސަމީރާ

އޮފީހަށް ލުއި ސައެއް ގެނުވާ ޒަމީރާ         ކޮފީބޯލަން ދަނީ  ހޮޓަލަށް ސަމީރާ

ސަލާމެއް ނުބުނެޔޭ ދުވަހަކު ޒަމީރާ          ސަލާމް ޗުއްޓީ ވަރަށް ގިނައޭ ސަމީރާ

މިހެން ހޮވިޔަސް އެހެން މީހުން ޒަމީރާ      ބޮހަށް ނުފެނޭ ކުށެއް ފުށަކުން ސަމީރާ

ކުޑައިކޮށް ސިފަ ތަފާތު ކަޅޭ ޒަމީރާ     ގުޑައި ހިތްތައް ލެނބޭފަދައޭ ސަމީރާ

އަޅާ ބުރުގާ ހެދުން ދިގުލާ ޒަމީރާ        ފަޅާ ދެއަރިން ލަނީ ސިފްޓޭ ސަމީރާ

ބޮލާ މޫނާ އޮމާން ކުރެއޭ ޒަމީރާ          ކޮލާ މުޅި މޫނުގައި ކުލަލާ ސަމީރާ

ގުޅޭ އެންމެން މުވައްޒަފެކޭ ޒަމީރާ         އުޅޭކަށް އެކަކުވެސް ނުރުހޭ ސަމީރާ

ދެކޭތީ ރުހުމުގައި ލޯތައް ޒަމީރާ            ކެކޭ ރުޅިއައިސް އެހެންވީމާ ސަމީރާ

ހިފަން ހެޔޮވީ މަގެއް ދެއްކީ ޒަމީރާ         މި ފަންނަށް ހެޔޮ މިސާލެއް ނޫން ސަމީރާ

މި ޅެން ޅެމަކަށް އެހީ އެކަކަށް ޒަމީރާ       މި ޅެން ފުރިހަމަ މިވީ ގުޅުމުން ސަމީރާ

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ