އަދުގެ ޚާއްސަ

Print

ބަރާބަރު ޓެރަރިޒަމް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް އަބްދުއްރަޙްމާނު/ހއ. އުތީމު

ރުހެންޏާ ކޮންމެ ކަމަކީ ވެސް އެވާނީ މޮޅުކަމެއް ކަމުގައި
  ނުހެންޏާ، ކޮންމެ ޖެހި ބެރަކަށް، އެވާނީ ނުރުހުމެއް ކަމުގައި
    ------------------------------------------

ބަދަލުކޮށްލަން ތަނުގެ ވެރިކަން، ޣަދަރުގައި ހިނދު ހިފާ ތަންތަން
  ޖަދަލުގައި   ހިންދަމާލާނަމަ    އެވާނި ޓެރަރިޒަމް ކަމުގައި


ތިމާގައި ބާރު ގަދަ ހުރުމުން، ބިމާ މުދަލާ ހިފާ ހެދުމުން،
     ޙިމާޔަތުގައި    ކުރާ ކަންތައް،  އެވާނީ ޓެރަރިޒަމް ކަމުގައި

ޢުޒުރުތައް ޙައްޤު ނޫން ދައްކައި، ގެދޮރު ހެދުމުން ބިމުން ވައްޓައި،
        ޢުޒުރުވެރިޔަކު، ގަލެއް އެއްލުން، އެވާނީ ޓެރަރިޒަމް ކަމުގައި

އަޚުން ދާތީ މަރާ ހަދަމުން، ރަށުން މީހުން ފަހާ ނެރެމުން،
        އަޚުން ދެކޮޅަށް ބަހެއް ބުނުމުން، އެވާނީ ޓެރަރިޒަމް ކަމުގައި

ދެކޭ ހިނދު ވާ އަނބިން ހުވަފަތް، ދެކޭތީ ގެއްލިދާ ޢިއްފަތް،
         ކެކޭ ލޭގައި    ޝަހީދުވުމުން، އެވާނީ ޓެރަރިޒަމް ކަމުގައި

ކުރާހާ ގެއްލުމާ އަނިޔައިން، ތުރާލާ އެކި ކަހަލަ ގޯނައިން،
          ކުރާ ޙަރަކާތް   ދިފާޢުވުމަށް، އެވާނީ ޓެރަރިޒަމް ކަމުގައި

ހުޅަނގު ދައްކާ މަގުން ''ސީދާ'' ބުޅަލުބަސް އަޑު އަހައި މީދާ،
        އުޅަނދު މިސްރާބު ނުހިފިއްޔާ، އެވާނީ ޓެރަރިޒަމް ކަމުގައި 
       -----------------------

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ