އަދުގެ ޚާއްސަ

Print

ވަފާތެރި އަނބިން

ޝާޢިއުކުރީ މުޚްތާރު ފަހުމީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ފަންވަތުގެ ޚާއްޞަ ނޯޓު:


މި ލަވަޔަކީ،  އަލްފާޟިލް މުޚުތާރު ފަހުމީ ހައްދަވައިފައިވާ ޅެމެކެވެ. ލަވައެއްގެ ގޮތަށް ވަކި ރާގަކަށް ކިޔުއްވައި ފައިވަނީ، އަލްމަރުޙޫމު މުޙަންމަދު ރަޝާދެވެ. އަލްފާޟިލް މުޚުތާރު ފަހުމީގެ މި ހަދިޔާ ފަންވަތުގެ އަހުލުވެރީންނަށް  ފޯރު ކޮށްދެވުމަކީ،  ފަންވަތަށް  ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

އޯޑިއޯ އަޑު އެއްސެވުމަށާއި، ޅެން ބައްލަވައިލެއްވުމަށް، ''އިތުރަށް'' މި ފިތުގެ ބޭނުން ހިއްޕަވާށެވެ.





{auto}vafaatheri_abin.xml{/auto}


މުޚުތާރު ފަހުމީ

ވަފާތެރި މޫނު އަލި ޞާލިޙު އަނބިން އޭ ޚާއްޞަ ނިޢުމަތެކޭ
    އުފާވެރި އެފަދަ   ނިޢުމަތަކީ،  ފިރިންނަށް މާތް ޢިނާޔަތެކޭ

ދެހިތް ރުހުމުން ކުފޫ ހަމަވާ ގޮތުން ދީނަށްޓަކާ އެދިގެން
    ދެހިތް ގުޅިގެން    ކުރާ ކާވެންޏަކީ،    ލޯބީގެ ޢިއްޒަތެކޭ

މުރާލި ގެވެހި އަމާނާތްތެރި އަނބީންގެ ލަޠީފު ޚިދުމަތަކީ
    ފުރާނަ އެ ޙައްޤުގައި ޤުރުބާން ކުރުން ވެސް ޙައްޤު ޚިދުމަތެކޭ

ދަލާ ކަރުނައިގެ އަސަރުން ވެސް ޔަޤީންވޭ އެކަނބަލުން މާތްކަން
      ބަލާ އިރު އެކަމަކީ  ވެސް  އިންތިހާ   ދަރަޖައިގެ  ލައްޒެކޭ

ގެވެހިި އަނތްބެއްގެ ނިޔަނެތި އުޅުމުގައި ލޯބިން ކުރާ ޝަކުވާ
      އެވެސް ހެޔޮ ބަސް  ގަބޫލުކުރާ  ފިރިންނަށް ހެޔޮ ނަސޭހަތެކޭ

އެކަނިވެރި ވާނެހޭ  މި ޙަޔާތުގައި  އޮޅިގަނޑު   ރަނގަޅުވީމާ
      އެކަނބަލުން އޭ ދަރީންނަށް ވެސް ވަރަށް ލޮބުވެތި ޙިމާޔަތެކޭ

ދެފުށް އަލި ކޮންމެ ހިތަކަށް ވެސް އެހެން ހިތްތައް ލެނބޭ ލޯބިން،
     އެފުރުޞަތަކީ، އަނބިންނަށް ހެޔޮ ފިރިންނަށް ރަނުގެ ފުރުޞަތެކޭ

މި ބޭނުންތެރި މިސާލުތަކުން އެނގޭ ހިތްހެޔޮ އަނބިންގެ މަޤާމް
    ލިބޭ ވަޅި ތޫނު ނަމަ ވަޅި ރީތި ވާނެ،      މިވެސް ޙަޤީޤަތެކޭ

މި ދުނިޔޭން ގަސްތުކުރެވޭ އެންމެ ހެޔޮ ކަމަކީ އެ ކަނބަލުންނޭ
     ނިދުންވެސް   ދިރިއުޅުންވެސް    ބާއްޖަވެރިވާ އޭ  ވަސީލަތެކޭ

                    (ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ