އަދުގެ ޚާއްސަ

Print

އަގުހެޔޮ ކާރު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


 
ޢަބްދުﷲ ފިރާޤް

މީ އަގުހެޔޮ ކާރެއްގެ ވާހަކައެވެ. މާރޗް 23 ވަނަދުވަހު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ޓާޓާ ކުންފުނިން ބާޒާރަށް ނެރުނު މިކާރަކީ އެންމެ އަގުހެޔޮ ކާރުކަމަށް އެފަރާތުން ބުނެއެވެ. "ޓާޓާ ނެނޯ" ގެ ނަމުން ނަންދެވިފައިވާ މިކާރަކީ އަގުގެ ގޮތުން ވަރަށްހެޔޮ، ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ ކާރަކަށްވާނެކަމަށް ޓާޓާ ކުންފުނިން އުންމީދުކުރެއެވެ. މިކާރު އުފައްދާނެކަމަށް 10 ޖެނުއަރީ 2008 ގައި ޢިއުލާނު ކޮށްފައިވާއިރު މިކާރަކީ ވަރަށްގިނަ ބައެއްގެ އުންމީދަކަށްވެސް ވަނީ ވެފައެވެ.


    ޓާޓާ ނެނޯ ބާޒާރަށް ނެރުނުކަން އިޢުލާން ކުރިކަމަށްވިއަސް ކާރަށްއެދި ނަންނޯޓްކުރުން ފެށޭނީ އޭޕްރީލް މަހު 9 ގައެވެ. މިގޮތުން މިކާރު ގަންނަން ބޭނުންވާ ފަރާތްތަކުން 25 އޭޕްރިލް އާއި ހަމައަށް ނަންނޯޓްކުރުން އޮންނާނެއެވެ. ނަމަވެސް ކާރު ވިއްކަންފަށާނެ ކަމަށްވަނީ މިއަހަރު ޖުލައި މަހުގައެވެ. އެހެންކަމުން އަދިވެސް މިކާރު ގަތުމަށް ކުރާ އުންމީދުއޮތީ ތަންކޮޅެއް ދުރުގައެވެ. ޓާޓާ ކުންފުނިން އުންމީދު ކުރަނީ މީގެ ކާރެއް 2000 އެމެރިކާ ޑޮލަރަށް ވިއްކޭނެކަމަށެވެ. ދިވެހި ފައިސާއިން ބަލާނަމަ މީ 25،700 ރުފިޔާއެވެ. އެހެންކަމުން ޓާޓާ ނެނޯ ކާރެއް ހޯދުމަކީ ކާރަށް ޝައުޤްވެރިވާ ދިވެހިންނަށް މާބޮޑު ކަމަކަށްވާނެ ކަމަކަށްނުފެނެއެވެ.

    މިކާރު އުފައްދާފައިވާ ގޮތާއި ބެހޭގޮތުންވެސް މަޢުލޫމާތުކޮޅެއް ޙިއްސާކޮށްލާނަމެވެ.
•    މިންތައް:
o    ދިގު:              3099 މިލިމީޓަރު
o    ފުޅާ:              1620 މިލިމީޓަރު
o    އުސް:               1652 މިލިމީޓަރު
o    ވީލް ބޭސް:          2230 މިލިމީޓަރު
o    ގްރައުންޑް ކްލިއަރެންސް:      180 މިލިމީޓަރު
o    ޓަރނިންގ ސާރކަލް ރޭޑިއަސް: 4 މީޓަރު
o    ޖާގަ:              4 މީހުން
o    ތެޔޮޓެންކް:             15ލީޓަރު

•    އިންޖީނު އަދި ޓްރާންސްމިސަން:
o    އިންޖީން ވައްތަރު:        624 ސީ.ސީ، 2 ސިލިންޑަރ، މަލްޓިޕޮއިންޓް ފިއުލް އިންޖެކްޝަން.
o    އިންޖީން އައުޓްޕްޓް:        35 ޕީ.އެސް @ 5200 އާރ.ޕީ.އެމް
o    މެކްސިމަމް ޓޯކް:        48 އެން.އެމް @ 500 +/- 3000 އާރ.ޕީ.އެމް
o    މެކްސިމަމް ސްޕީޑް:        105 ކިލޯމީޓަރު ގަޑިއަކު
o    ގިއަރު:             4 ގިއަރު ކުރިއަށް، 1 ގިއަރު ފަހަތަށް

މަތީގައި ބަލާލެވިފައި އެވަނީ މިކާރުގެ ބައެއް މުހިންމު ކަންކަމަށެވެ. މިކާރުގެ ރަނގަޅު ނުރަނގަޅު ވަޒަންކޮށްލުމަށް މި ބުނެވުނު މިންވަރުން ފުދޭނެކަމަށް އުންމީދުކުރަމެވެ. ނަމަވެސް ވިސްނާލަންވީ މުހިންމު ކަމަކީ އެއްޗެއްގެ ސްޕެސިފިކޭޝަނުން އެ އެއްޗެއްގެ ހުރިހާކަމެއް އެނގިގެން ނުދާނެކަމެވެ. އެ އެއްޗެއް ބޭނުންކުރާ ބައެއް އެއާއިމެދު ދެކޭގޮތަކީ އެންމެ މުހިންމު އެއްކަންތަކެވެ. އެހެންކަމުން މި ކާރަށް ޝައުޤްވެރިވާ ފަރާތްތަކުންވެސް އަދި ކެތްތެރިކަމާއިއެކު ވާނުވާ ބަލަން ތިބުމަކީ މުހިންމު ކަމެއްކަމަށް ދެކޭތީ މިވާހަކަވެސް ހިއްސާ ކޮށްލީއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ