އަދުގެ ޚާއްސަ

Print

ހަރު، ހޮރު

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާނު ހއ. އުތީމު

ބަސްލިޔާ އެއް އަކުރުތަކުގައި ފިލިޖެހޭ ގޮތަކުން އިތުރު
      ބަސްތަކެއް އުފެދޭ ތަފާތު  ކިޔާ ފަދައިން ދެކުނާ އުތުރު

ފެންނަ އިރު އެއްގޮތް އަކުރު ތަކަކުން ކިޔާ ލިޔުނަސް ހަކުރު
        އެންމެ ފިއްޔެއް ބަދަލުވީމާ  ދެންވަނީ ދުވަހަށް ހުކުރު


ކަންކަމާ މެދުގައި ބަލައި ވިސްނާ ކުރާާ އިރުގައި ފިކުރު
        އަންހެނުން އާދައިގެ ކުދި ކުދި ކަންކަމާ ގަނެޔޭ ފަކުރު

އިންޖަހާ ވަކިކޮށްބުނިން ސަރަޙައްދުގައި އެތަކެއް ފަހަރު
       ބިންމަތީ    ފަތުރާލަދޭށޭ     ފަންގިޔާ ކުނަލާ ފެހުރު

މިޔަރު ބާނަން ދިޔަ ދަތުރުގައި ގެއްލުނީ ބުޅިޔާ ހެތުރު
       ޅިޔަނު ވެއްޖޭ މި ކަމުގައި ނުރުހުންވެފައި ރަނގަޅަށް ހަތުރު

ވިހަޔަކަށް ނުވިޔަސް ކުދީންނޭ ހާދަހައި ހިއްޗޭ ހަބަރު
       ރިހަޔަކަށް ރަނގަޅީ  މި ތިން އަކުރުން ކިޔޭ މަސްފަލަ ހިބަރު

ވައިގެ ތެރެއިން އުދުހިލައިފައި ބާރުބާރަށް އައިކޮތަރު
        އައިމަގުން    ނުދެވޭނެހެން ފިޔަފަތް ކޮށަން ނެގިޔޭ ކަތުރު

ވަށްތަކެތި ޖަހަނީ މިސާލު ބަލައި އެއިން ސިފަކޮށް ކުނބުރު
         އަތްތަކުން ހަދައޭ ތަކެތި ދަގަނޑުން ކިޔާ މީހުން ކަނބުރު

ފިކުރު ނުމެކޮށް ވާޖިބާ މެދު ހުސްކުރަން ހުއްޓާ އުމުރު
          ނިކުމެގެން އެބަ ދާންޖެހޭ ހަމަ އޮތްމަގުން ފުޅުގައި އަމުރު   

އިދާރާ

އެނގޭތަ؟

ވާހަކަ