އަދުގެ ޚާއްސަ

Print

ދަޅާއިނަގުލުގެ އަރާރުން

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ވާހަކަ



ޅޮހީ ޢަބްދުއްރަހީމް / މަނަދޫގެ

މާފެހި ވާދީއެއްގައި މާރީއްޗެއްކޮށް ވިނަކާލަ ކާލާ މާބޮޑު ފަލަގެރިޔެއް އެބަަަައޮތެވެ. ގެރީގެ ފަޅާފައި ހުރީ ނުހަނު ބޮޑު ދެދަޅެވެ. ހީވަނީ ހިކި ދެމަގޫގަސް ދެފަރާތުގައި ފަޅާފައި ހުރިހެންނެވެ. އެހާވެސް ދަޅުފަލަ ވެފައ ގޮފިފަޅާފައި ހުރިލެއް ގިނައެވެ. ބޮޑަށް ވައްތަރީ ގެރިޔަކަށްވުރެ ދަޅުފީނި ފުއްލާއަކާއެވެ. މިކަހަލަ ގެރިއެއް މިއިން ދުވަހަކު ދުށް ވާހަކަ ނުވެސް އަހަމެވެ.

ދެން އޮތީ ގެރީގެ ނަގުލެވެ. ދަޅަކަށް  ވަކިދޫކުރާނެ ނަގުލެއް ހެނެއް ހިޔެއްނުވެއެވެ. އެހާވެސް ފަލައެވެ. ގެރި ވިނަކާން އޮތްއިރު ނަގޫ އިރުކޮޅު ކޮޅާ ދެފަރާތަށްއޮވެ ތަޅުވާލައެވެ. ގެރީގެ ނަޒަރުގައި ދަޅާއި ނަގުލަކީ ގެރީގެ ދެފަޚުރެވެ. ސަބަބަކީ ގެރީގެ ކުރިމަތިން ނުރައްކަލެއް އަންނަންޏާ ހިމާޔަތްކޮށްދޭނީ މިބުނި ދެދަޅެވެ. ފަހަތުން ނުރައްކަލެއް އަންނަންޏާ ނިގުލެވެ. ނުވަތަ ނަގުލެވެ. ކޮންމެ ގޮތަކަށް ކިޔަސް ގެރިޔަށް ވަރިހަމައެވެ.

މިދޭއްޗާމެދުގައި ގެރި ފަޚުރުވެރި ވަނީ ފިސާރިބޮޑަށެވެ. ނަމަވެސް ގެރީގެ ހަޔާތުގެ ދުވަސްތައް ފާއިތުވީތަނުގައި ގެރިއާއި ދަޅާއި ދެމެދުގައި ހިސާބަކަށް ގިނަ ތަޅާފޮޅުމާއި ހޫނު ޒުވާބުތައް ހިނގާފައި އެބަހުއްޓެވެ. އަދި ނަގޫ އެއަންނަ ރުޅީގައި ދަޅުގައި ޖަހަންވެސް ޖަހާފައި އެބަހުއްޓެވެ. ނަމަވެސް މިކަމުން ތަދާއި ވޭން ލިބެނީވެސް ނަގުލަށެވެ. ދަޅު އިންނަނީ ހަމަ ހީނލަ ހީނލަ އެވެ.

ކޮންމެއަކަސް ގެރި "މޫން" އަޑު ގޮއްވާލާފައި ވިނަކާން އޮއްވައި ދުވަހުގެ ކަންތައް ޖެހޭން ފަށައިފިއެވެ.

ދަޅު: އެހެހޭ...... ނަގުލާ ބަލަ.. ކަލޭ ހާދަ ކަންނެތް ދުވަހެކޭ.. ނުހޭލަނީތަ؟

ނަގޫ: އައްޗީ މަށަކީ ތިކަހަލަ ހަރު ދަގަނޑު ކަހަލަ ބަޅު ނުވެވޭ އެއްޗެއް ނޫނޭ..... މަ އޮންނާނީ އަރާމުގައި މިހެން ހެއްލާލަ ހެއްލާލާ... !

ދަޅު: މަށަށް މަލާމަތް ކުރާކަށް ލަދެއް ނުގަނޭތަ؟.. ކުރިން ދުވަހުވެސް މިނިކާވަގު ނަގޫ ކާލަން އުޅެނިކޮށް ސަލާމަތް ކޮށްދިނީ މި ބަޅު ނުވެވޭ ދަޅޭ...

ބަޅުނުވެވޭ ވާހަކަ ދައްކާއިރު މަހިތަށް އަރާ ހަމަ ތަނެއް ދޮރެއް ދޮރުކަންޏެއް ނޭންގެނީޔޭ... ދިވެހި ބަހުގަ އޮވޭތަ ދަޅު ބަޅު ވާހަކަ....ނޯންނާނެ. ހުރިހާ މީހުންވެސް ބުނާނީ ބަލަ ކަލޭ ބަޅު ވާހަކަ...

ނަގޫ: ( ދެފަރާތަށް ހެލިލާފައި) ޗީޗީ.. ތިޖެހުނީ ބޮޑުތާ.. ބަލަ ދިވެހި ބަހުގައި ދަޅާއި ނަގުލެއް މަދު ވާހަކަ އޮންނަ ބަހެއް އަޑުއެހިންތަ؟.. އިންސާނަކު މާގޯސްވެއްޖިއްޔާ މީހުން ބުނާނީ  " މަދީ ދަޅަކާއި ނަގުލެކޭ".... އެތަނުގައިވެސް ކުރިން އެއަންނަނީ ދަޅުގެ ވާހަކައެއްނު. އެއިންވެސް އެނގެނީ މަ މާ ރަނގަޅުކަން..

ދަޅު: އެހެންތަ... ހީވެޔޭ ތިހެން.. ބަލަދިވެހި ބަހުގަ މީހުން ކިޔާނެ "...ކެނޑި" އެކަމަކު އަހަރެން ގެ ނަންލާފަ ނުކިޔާނެ ދަޅުކެނޑިއެކޭ...

ނަގޫ: އެހެންވާނެ... ދަޅުކެނޑި އެއީ ރޯ ދިވެހި ބަހެއް... ބަސް ދަންނަ ކަމަށް ދައުވާ ކުރިޔަސް ތިޔައީ ބޮޑުވަރު.. ތިޔަކަހަލަ މީހުންނަށް ދިވެހި ބަހުގައި ކިޔަނީ ދަންނަ ނުދަންނަ ރޯނު އެދުރުން..އެނގޭތަ ގެރިކިރު އަޅާފައި ބަންދުކޮށްފައި ހުންނަ ދަޅުކަނޑަން ގެންގުޅޭނީ ދަޅުކެނޑި...

އެވަގުތު ގެރީގެ ނިގުލާއި ވީ ތިރީ ފަރާތުން ވަގުތުން ރައްދު ޖަވާބު އަތުވެއްޖެއެވެ. " ބަލަ ކަލޭމެން ތިކުރާ ޒުވާބަކަށް މަށެއް ވައްދާނެ ކަމެއްނެތް.. މަ ހިނގާ ހާ މަގަކުން ކަލޭމެންނަކަށް ނުހިނގޭނެ.. މަށަކީ ދުނިޔޭގޭ އެންމެން އިހުތިރާމް ކުރާ އެންމެންނަށް ފައިދާ ހުރި ބުއިމެއް އުފައްދާ ފަރާތެއް..ވީމާ މަ ހިމޭނުން އިނަ ދީ"

އެވަގުތު ދަޅު ހޭން ފަށައިފިއެވެ.

އަދި ނަގުލުގެ ރުޅި އިންތިހާއަށް ގަދަވެއްޖެއެވެ. އަދި ޒުވާބު ހޫނުވެ ދެފަރާތަކުން ކުރެ ފަރާތަކުން ކިޔާ އެއްޗެއް ނޭންގޭ ވަރުވާން ފަށައިފިއެވެ.

އެވަގުތު މިހުރިހާ އަޑެއް އަހާން އޮތް ގެރި ޗޮކެއް ކަނޑާފައި މާ ހަރެއްކޮށް އެބަބުނެޔޭ.....

" ބަލަ ކަލޭމެންނަށް ކިހިނެއްތަ އެނގެނީ އިންސާނުންގެ ނަގުލެއް ނުހުންނަކަމެއް.. ގައިމުވެސް ދަޅެއް ނުހުރޭ......

މިއަަަދު ކަންތަކާއި ޖެހިފައި މިހިރީ.. ތިޔަ ދެމީހުންނަކީވެސް  އަހަރެންގެ ހަށިގަނޑުގައި ހުރި ދެ ގުނަވަން.. ވީމާ ގުނަވަނަކަށް ވުމުގައި ވާނީ ހަމަހަމަ...

ނަމަވެސް ގުނަވަނުގެ ބޭނުން އެއެއްޗެއްގެ ހާލަތާއި ގުޅޭގޮތުން ބަދަލުވާނެ..

ދެމީހުންނަށް ހަމަ ތިޔަގޮވެނީ "ގުދޯ ގުދޯ" ވީމާ ޒުވާބު ނުކޮށް މަޑުންތިބޭ.."

ދެން ދަޅާއި ނަގޫ ހަމަ އެކައްޗެއްވެސް ބުނާން ނުކުރި ހިމޭނުން ތިބެއްޖެއެވެ.

ނިމުނީ

އިދާރާ

އެނގޭތަ؟

ވާހަކަ