އަދުގެ ޚާއްސަ

Print

މަންމަ އަކަށް ވުމުގެ ކުރިން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


    
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
    
މަންމަ އަކަށް ވުމުގެ ކުރިން
އަހަރެން އަމިއްލަ އަށް ކައްކައިގެން ތާޒާކަން މަތީ ހުއްޓާ ކަމެވެ.
އަހަރެންގެ ހެދުމަކު ލަކެއް ނުހުރެ އެވެ.
އަހަރެން މީހެއްގެ އުނދަގުލެއް ނުފޯރައި ހުރެ އެތައް އިރަކު ފޯނުން ވާހަކަ ދައްކަމެވެ.
 
 
މަންމަ އަކަށް ވުމުގެ ކުރިން
އަހަރެން ބޭނުން އިރެއް ވާންދެން ނިދާން އޮންނަމެވެ.
ރޭގަނޑު ނިދެނީ މާ ލަހުންނޭ ހިތަށް އަރާފައި ފިކުރު ކުރާކަށް ނުޖެހެ އެވެ.
ކޮންމެ ދުވަހަކު ދަތް އުނގުޅަމެވެ. ބޯ އޮމާން ކުރަމެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
އަހަރެން ކޮންމެ ދުވަހަކު ގޭތެރެ ކުނި ކަހަމެވެ.
ގޭތެރޭގައި އުކާފައި ހުންނަ ކުޅޭ އެއްޗެތީގައި ފައި އަޅައެއް ނުގަނެ އެވެ.
ވާހަކަ ދައްކަން އުޅުނީމާ ނާނާ ކިޔޭ ގޮތެއް ނުވެ އެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
ގޭތެރޭގައި ހައްދާފައި ހުންނަ ގަސް ގަހުގައި ވިހަ މާއްދާއެއް ހުރެދާނެތީ ޖެހިލުމެއް ނުވެ އެވެ.
ބަލި ބަލިން ދިފާޢު ވާން ދޭ ވެކްސިން ގެ މައްޗަކުން ނުވިސްނަމެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
އަހަރެންގެ ގަޔަކަށް އެކަކުވެސް ހޮޑެއް ނުލަ އެވެ.
ސިއެއް ނުލައެވެ.
ހީހެއް ނުލަ އެވެ.
ސޮންޏެއް ނުބާލަ އެވެ.
އަހަރެންގެ ގަޔަކު އެކަކުވެސް ދަތެއް ނާޅަ އެވެ.
ކުޑަ ކުޑަ އަތަކުން އަހަރެންގެ ގަޔަކު ވިކައެއް ނުގަނެ އެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
އަހަރެންގެ ވިސްނުމުގެ މައްޗަށް އަހަރެންގެ ބާރު ފޯރަ އެވެ.
އަހަރެންގެ ހަށިގަނޑުގެ މައްޗަށް އަހަރެންގެ ބާރު ފޯރަ އެވެ.
އަހަރެންގެ ސިކުނޑީގެ މައްޗަށް އަހަރެންގެ ބާރު ފޯރަ އެވެ.
ރޭގަނޑު ހަތަރު ދަމު ނިދަމެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
ޑަކްޓަރުން ލައްވާ އިންޖެކްޝަން ޖައްސަން ނުވަތަ ބޭސް ދޭން
ރޮއިރޮއި އޮންނަ ކުއްޖަކު އޮބަހައްޓައިގެންނެއް ނީންނަމެވެ.
ކަރުނަ އައިސްފައިވާ ލޮލަކަށް ބަލާފައި އަހަންނެއް ނުރޮމެވެ.
ފަނޑު ފަނޑު ހިނިތުންވުމެއް ފެނިފައި އަހަރެންގެ ހިތް އުފަލުން ފުރޭ ގޮތެއް ނުވެއެވެ.
ރޭގަނޑު ދަންވަރު ތެދުވެ ކުޑަ ކުއްޖަކު ނިދާތަން ބަލާކަށް ނީންނަމެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
ތަންމަތީގައި ބާއްވާ ހިތް ނުވެގެން ނިދާފައި އޮންނަ ކުޑަ ކުއްޖަކު އުނގުގައި ބާއްވައިގެންނެއް ނީންނަމެވެ.
ކުޑަ ކުއްޖާ އަށް ލިބޭ ހާނީއްކަ އަކުން ސަލާމަތް ކުރެވޭ ގޮތް ނުވީމާ
އަހަރެންގެ ހިތް ކުދި ކުދި ވެގެންނެއް ނުދެއެވެ.
މިހައި ކުޑަ ކުޑަ ކަމަކުން އަހަރެންގެ ދިރިއުޅުމަށް މިހައި ބޮޑު ބަދަލެއް އަތުވެދާނޭ ކަމަކަށް ހިއެއް ނުކުރަމެވެ.
އެއްވެސް މީހަކު ދެކެ މިހައި ބޮޑަށް ލޯބި ވެދާނޭ ކަމަކަށް ހިއެއް ނުކުރަމެވެ.
މަންމަ އަކަށް ވުމަކީ އަހަރެން މިހައި ބޮޑަށް ގަޔާވާނޭ ކަމެއް ކަމަކަށް ހިއެއް ނުކުރަމެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
އަހަރެންގެ ހިތް އަހަރެންގެ ހަށިގަނޑުން ބޭރުގައި އޮތީމާ
ކުރެވެނީ ކޮން ކަހަލަ އިޙްސާސް ތަކެއް ކަމެއް ނޭނގެ އެވެ.
ބަނޑުހައިގެންފައި އޮންނަ ކުޑަ ކުއްޖަކަށް ކާން ދެވުނީމާ ލިބެނީ ކޮން ކަހަލަ އުފަލެއް ކަމެއް ނޭނގެ އެވެ.
މަޔަކާއި، ދަރިއަކާ ދެމެދު އޮންނަ ގުޅުމަކީ ކިހައި ވަރުގަދަ ގުޅުމެއް ކަމެއް ނޭނގެ އެވެ.
މިހައި ކުޑަ ކުޑަ ކަމަކުން އަހަރެންގެ ހިތަށް މިހައި ބޮޑު ހަމަޖެހުމެއް ލިބިދާނޭ ކަމަކަށް ހިއެއް ނުކުރަމެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
ނިދާފައި އޮވެފައި އިރު އިރުކޮޅާ ތެދުވެ ހުރިހައި ކަމެއް ހުރީ ރަނގަޅަށްތޯ ބަލައެއް ނުހަދަމެވެ.
މަޔަކަށް ވީމާ ލިބޭ ލޯތްބާއި،
އުފަލާއި،
އިޙްސާސް ކުރެވޭ ޙަރާރަތާއި،
ހިތަށް ލިބޭ ހަމަ ޖެހުމާއި، ވޭނާއި،
ދިރިއުޅުމުގައި ޖެހިގެންދާ އުފާވެރިކަމުގެ ކުލަވަރަކީ
މަންމަ އަކަށް ވުމުގެ ކުރިން އަހަންނަށް އެނގިފައި ހުރި ކަންތައްތަކެއް ނޫނެވެ.
    
މަންމަ އަކަށް ވުމުގެ ކުރިން
އަހަންނަކީ މި ހުރިހައި ކަމެއްގެ ޤާބިލުކަން ލިބިފައި ހުރި މީހެއް ކަމެއް ނޭނގެ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ