އަނގޮޓި
އެމް
އަނގޮޓި އެޅުމަކީ، އެންމެ ބޯދާ އާދަކާދަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެ އާދަ ފެށުނު ގޮތަކާއި ތާރީޚެއް ނޭގެއެވެ. ބައެއް މީހުންގެ ނަޒަރުގައި، އަނގޮޓި އަޅަނީ، ވަށް އެއްޗެއް އަޅަންވެގެންނެވެ. ވަށްއެއްޗެއް އަޅަނީ، ވަށްބޮޅަކީ، އެންމެ ފުރިހަމަ ބައްޓަން ކަމުގައި ޤަބޫލުކުރެވިގެންނެވެ.
ބުނެވޭ ގޮތުގައި، އަނގޮޓި އެޅުމުގެ އާދަ، އޮޅުން ފިލާ ހިސާބުގައި އެއާ ގުޅިފައިވަނީ، އަޅުވެތިކުރުމެވެ. އަންހެނެއްގެ އަތުގައި އަނގޮޓިއެއް އެޅުމުން، އޭގެ މާނައަކީ، އެއީ ހިފާ ހައްޔަރުކޮށްގެން އަސީރުކޮށްފައިވާ އަޅު އަންހެނެކެވެ. މިމާނައިގައި އޭތި ފުރަތަމަ އަޅަންފެށީ، އަތާއި ފައިގައެވެ. ދެން ޒަމާނުގެ ދުވަސްތަކާއެކު، އޭގެ ސައިޒު ކުޑަވެ، ސިފަ ބަދަލުވެ، އިނގިލީގައި އަޅަންފެށީއެވެ.
ކައިވެނިކުރާއިރު، އެންމެ ފުރަތަމަ އަނގޮޓި އެޅުމުގެ އާދަ ފަށާފައިވަނީ، މިޞްރުގެ ނަޞާރާދީނުގެ މީހުންނެވެ. އެއީ، ގާތްގަނޑަކަށް މީލާދީ ސަނަތުން 900 ވަނަ އަހަރުގައެވެ.
އިހުޒަމާނުގައި ޔޫނާނީން ހީކޮށްގެންތިބީ، ވާތުގެ ކަށި އިނގިލިން ސީދާ ހިތަށް ލޭފޮނުވާދޭ ނާރެއް ވާ ކަމަށެވެ. ވާތުގެ ކަށި އިނގިލީގައި އަނގޮޓި އެޅުމުގެ އާދަ ބުރަވަނީ، އެ، ކުށް ހީ ގެ މައްޗަށެވެ.