އޫރު ރޯގާ މިހާތަނަށް ފެތުރިފައިވާ މިންވަރު
ޢަބްދުލްމުޢީދު ޙަސަން
ތާރީޚު: 7 މެއި 2009 މ. ގަޑި: 6:00 ޖީއެމްޓީ
މިހާރު، 23 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ.
މެކްސިކޯ ގައި 1112 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އޭގެ ތެރެއިން 42 މީހުން ވަނީ މަރުވެފައެވެ.
ޔޫއެސްއޭ ގައި 642 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.
މިހާތަނަށް އޫރު ރޯގާ ޖެހިފައިވާ އިތުރު ޤައުތަކާއި އެ ޤައުމުތަކުގައި ތިބި އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޢަދަދު ތިރީގައި މިވަނީއެވެ. މިއިން ޤައުމަކުން މި ބަލި ޖެހިގެން މީހަކު މަރުވިކަން އެނގިފައެއް ނެތެވެ.
އޮސްޓްރިއާ، ބަލިމީހުންގެ ޢަދަދު: 1
ކެނެޑާ، ބަލިމީހުންގެ ޢަދަދު: 201
އިދާރީ ގޮތުން ޗައިނާގެ ދަށުގައިވާ ހޮންގކޮންގ ގެ ސަރަޙައްދު، ބަލިމީހުންގެ ޢަދަދު: 1
ކޮލަމްބިއާ، ބަލިމީހުންގެ ޢަދަދު: 1
ކޮސްޓަރިކާ، ބަލިމީހުންގެ ޢަދަދު: 1
ޑެންމާރކް، ބަލިމީހުންގެ ޢަދަދު: 1
އެލް ސަލްވަޑޯ، ބަލިމީހުންގެ ޢަދަދު: 2
ފަރަންސޭސިވިލާތް، ބަލިމީހުންގެ ޢަދަދު: 5
ޖަރުމަނުވިލާތް، ބަލިމީހުންގެ ޢަދަދު: 9
ގޯތިމާލާ، ބަލިމީހުންގެ ޢަދަދު: 1
އަޔަލޭންޑް، ބަލިމީހުންގެ ޢަދަދު: 1
އިސްރާއީލު، ބަލިމީހުންގެ ޢަދަދު: 4
އިޓަލީވިލާތް، ބަލިމީހުންގެ ޢަދަދު: 5
ހޮލެންޑް، ބަލިމީހުންގެ ޢަދަދު: 1
ނިއުޒިލޭންޑް، ބަލިމީހުންގެ ޢަދަދު: 5
ފުށެތިކާލު (ޕޯޗުގަލް)، ބަލިމީހުންގެ ޢަދަދު: 1
ކޮރެޔާ ރިޕްބްލިކް، ބަލިމީހުންގެ ޢަދަދު: 2
ސްޕޭން، ބަލިމީހުންގެ ޢަދަދު: 73
ސްވިޑްން، ބަލިމީހުންގެ ޢަދަދު: 1
ސްވިޒްލޭންޑް، ބަލިމީހުންގެ ޢަދަދު: 1
އިނގިރޭސިވިލާތް، ބަލިމީހުންގެ ޢަދަދު: 28
A/H1N1 ގިންތީގެ ވައިރަހުގެ ސަބަބުން ފެތުރެމުންދާ އޫރު ރޯގާއިން ސަލާމަތްވުމަށްޓަކައި، ދަތުރު ފަތުރުކުރުމަށް އެއްވެސް ކަހަލަ ހުރަހެއް އެޅުމަކީ ޑަބުލިޔުއެޗްއޯ އިން އިރުޝާދުދޭ ކަމެއް ނޫނެވެ.
އެފަރާތުން އިރުޝާދުދެނީ، ބަލި ޖެހިފައިވާ މީހުންނަށް ދަތުރުފަތުރު ކުރެވިދާނެކަމަށެވެ. އަދި ދަތުރުވެރިންގެ ތެރެއިން ބަލީގެ ޢަލާމާތްތައް ފާޅުވާ މީހުން އެކަށީގެންވާ ފަރުވާ ހޯދަން ޖެހޭނެ ކަމަށެވެ.
އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް، ޑަބްލިޔުއެޗްއޯގެ ވެބްސައިޓުގައި ޝާއިޢުކުރަމުން ގެންދާނެ ކަމަށް އެފަރާތުން ހާމަކޮށްފައި ވެއެވެ.
މަޞްދަރު: ޑަބްލިޔުއެޗްއޯގެ ވެބްސައިޓް