އަހަރެން ދެކެ ލޯބި ނުވާށެވެ!
އާ ޅެން؛
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އަހަންނަށް އޮތް ފާގަތި މުސްތަޤުބަލަށްޓަކައި އަހަރެން ދެކެ ލޯބި ނުވާށެވެ!
އަހަރެންގެ ރީތި ދެ ލޮލާއި، ފުރިހަމަ މޫނަށްޓަކައި އަހަރެން ދެކެ ލޯބި ނުވާށެވެ!
އަހަރެންގެ ވިންދުޖަހާ ހިތަށްޓަކައި އަހަރެން ދެކެ ލޯބި ނުވާށެވެ!
އެހުރިހާ އެއްޗެއް ބަދަލުވާނެ އެވެ.
ބަދަލުވުމާއެކު، ދެ މީހުން ވަކިވާން ޖެހިދާނެ އެވެ.
އެހެންވީމާ، ވަފާތެރި އަންހެނެއްގެ ލޮލުން ބަލާށެވެ!
އަހަރެންދެކެ ލޯބި ވާށެވެ.
އެއީ ކީއްވެގެންކަން ނޭނގޭ ޙާލުގަ އެވެ.
އެއީ ދުވަހަކު ވެސް ނެތިގެން ދާނޭ ސަބަބެއް ނޫނެވެ.
އެއީ ނޭނގޭ ސަބަބަކަށްވާތީ އެވެ.
(ނިމުނީ)
ނޯޓު؛
މިއީ، އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައި އޮތް ޅެމެކެވެ.