Print

މޫސުމުގެ ޝުޢޫރު

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ޢަބްދުއްރަޙުމާނު - ހއ. އުތީމު

ފުށްފުށަށް ނަމަ އެނބުރެނީ ވާނީ ދެ ދޫލީ ފައްޔަށޭ
     ހުއްޓުމުން ދެމެދަށް ދެ ބާރުގެ ފިތިވެދާނީ ހުއްޔަށޭ

ޤަދަރަކާ ނެތް ޙުރުމަތެއްގާ ތިން ހަތަރު ފައިސާޔަކަށް،
     އަބުރުގެއްލޭ ޢަމަލުކުރުމުން ޝަރަފު އެދިނީ ކުއްޔަށޭ

ދެގަނޑެތިން އެއްކޮށްލެވޭ ހުރިހާ ގުޅުން ހިފަހައްޓުވާ
    އެނގިވަނީ ބާރެއް ކުރާނީ ހުންނަ   ހިމަ ތަޅުއިއްޔަށޭ

ފަޅިކުރާ ލަކުޑިން ކޮށާ އޮޑި ބަންނައިރު ކުރުމަށް ހިމުން
     ކަޅިހި މެށުމަށްފަހު ބަލާނީ   މަޑުލުގައި ހުރި ދެއްޔަށޭ

ނުރުހެވޭ ބަޔަކަށް ބަހާ ގެންގޮސް ލިޔަސް ގަދަބާރަކުން
       ޙުރުމަތުން ތާއީދު   ދެވެނީ އުޅުނު އަވަށާ ވިއްޔަށޭ

ބޭނުމެއް ޖެހުމުން ނަގާ އޮފުދާރުކޮށް ނިމުމުން އެކަން
       ބޭރުކޮށްލާނަމަ އެވާނީ   ފެން އެ ކައްކާ ބޮއްޔަށޭ

މަސްމަހާމެހި ތިލަވެދާނީ ފުންފުނުން މައްޗަށް އަރައި،
       ވަސް ހިފާހެން ފެންމަތީ އުކަމުން އެ ގެންދާ ފިއްޔަށޭ

އެންގަނޑެއް ފެނުމުން ބަލައިނުމެލައި އެ އަށް ފުންމާލުމުން
      އެންގަނޑުން އޮތް ފޮރުވިފައި ބުޅި ދެން ހެރޭނީ ތައްޔަށޭ

މަރުވިޔަސް، އަޞްލާ އުޞޫލުން އުދުހި ޕަރުވާނާ ދަނީ
        ވަރުވަރުން ދިއްލައިލެވޭ އެކި ހުޅުކޮޅުން ދޭ އައްޔަށޭ

އަގު ކިތަންމެ ބޮޑަސް އަގެއް ޢަމްދުން ނެތަސް ރާޅާއެކީ،
       ލަނގުވަމުން ދާނީ ތަކެތި އޮތް ދެކޮޅު ތުނޑިޔާ މުއްޔަށޭ

ހިތުގެ ވަސްވާސް އިތުރުވީމާ މިތުރުނަށް ހިތްބަރުވެ ގޮސް،
        ހިތުގެ ހާލަތު ދެން ބަދަލު ވާނީ   ޟަމީރުގެ ބައްޔަށޭ

އުފަލުގާ ނެތި ވިސްނުމެއް ހޭވެރިނުވާ އުޅުނަސް ބަޔަކު،
        އުފެދުމާ ނެތުމާ   ބަނީ    އާދަމްގެ ގުޅެނީ ވެއެްޔަށޭ

އިދާރާ

އެނގޭތަ؟

ވާހަކަ