އަދުގެ ޚާއްސަ



ބިންމާ އިބްރާހިމް ވަހީދު
 

                                              (22 ސެޕްޓެމްބަރ 2011 ގުޅޭ)

ފޮށިތައް ހިފައިގެން އެ މީހުން ހިނގައިގަތެވެ. މޫސަމެންވެސް ހިނގައިގަތެވެ. މޫސަ ހުރީ ލެޕްޓޮޕް ކޮޑުގައި އަޅުވައިގެންނެވެ. އަދި، ހިނގުމުގައި ކުޑަކޮށް ކޮރުޖަހަމުން ގެންދިޔަ އެވެ.

"ދޭންވީނު މަގޭ އަތަށް؟" ނައީމްބެ ބުންޏެވެ.

މޫސަ ލެޕްޓޮޕް ދިނެވެ. އަދި ޝުކުރު ވެސް އަދާކުރިއެވެ.
މާލެއާ ޚިލާފަށް، ރަށުގެ މާހައުލު އަޑު މަޑުވެފައި، ރޯޅިތައް ނަލައެވެ.

ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވި ދެމިހުންނަނިވި މުޢުޖިޒާތަކީ، ކީރިތި ޤުރުއާނެވެ. ކީއްތޯއެވެ. ޖިންނީންނާއި އިންސީންނަށް ގެނެސް ނުގަނެވޭނެ އެތައް އިޢުޖާޒެއް އެކަލާނގެ، އެ ފޮތުގައި ލައްވާފައިވެއެވެ. އެކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެ އެވެ.

(قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) އަލްއިސްރާ: 88
މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެ އެވެ."

ގައްދޫ މުޙަންމަދު ރަޝީދު

 
[ނުކެރެންވީ ކީއްވެގެން ހެއްޔެވެ. ބުނަން ޖެހޭނެއެވެ.]

[ކޮންމެވެސް އެހެން ވާހަކައެއް ދައްކަވާށެވެ.]

[ކަމާނުބެހޭ ވާހަކަ ދައްކަން ވަރަށްގިނަ ވަގުތު އެބައޮތެވެ.]

[ޝަވާލީއަކީ ވަރަށްމަޖާ ބޭކަނބަލެކެވެ.]

[ވާހަކައިގެ މިޞްރާބު ބުދަލުކުރަން ނޫޅޭށެވެ.]

[އެންމެ ރަނގަޅެވެ. ރަނގަޅަށް ވާހަކަ ދެކެވޭނީ މިގެއަށް ދުރުވީމާ ނޫންތޯއެވެ.]

އާދަމް ނަޞީރު އިބްރާހީމް (2011)


ދަތުރު ކޮށްފައި ދާ ދޯންޏެއް ކަނޑިންމަޔަކުން ނުވަތަ ނެރަކުން ވަދެގެން ދާ އިރު، އެ ދޯނީގެ ދިރުނބާކޮޅުގައި އާންމުކޮށް މީހަކު ހުންނާނެ އެވެ.  އޭނާގެ ވަޒީފާއަކީ، ރައްކާތެރިކަމާއެކު ދޯންޏަށް ދެވޭނެ މަގު ދައްކައި ދިނުމެވެ. އެހެން އޮޑިއަކާ ދިމާޔަށް، ދާ އިރު އެވެ.   ތިލަ ތަނަކާ ދިމާ ވާ ހިނދު އެވެ.  ނުވަތަ ގަލަކާ ދިޔާމަށް ދޯނީގެ މިސްރާބު ޖެހިފައިވާ ހާލަތުގަ އެވެ. މި ފަދަ ދަނޑިވަޅުތަކުގައި ކޮޅުފަސްކޮޅުގައި ހުންގާނުގައި ހުންނަ މީހާއަށް އެކަން އަންގައި އޮޑި ސަލާމަތް ކުރުމަކީ ދިރުނބާކޮޅު ފެންފިލައިގައި ހުންނަ މީހަކު ކުރަންޖެހޭ ކަމެކެވެ.  މި އެންގުން އެންގުމަށް  ގަލަށް ކިޔުމޭ ކިޔައެވެ. އަދި މި އެންގުން އަންގަން ދިރުނބާކޮޅުގައި ހުންނަ މީހާއަށް ގަލަށް ކިޔާމީހާއޭ ކިޔައި އުޅެ އެވެ. ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރާށޭ ބުނެ އެ ދެވޭ ނަސޭހަތް ރައްދުވާ މީހަކީ ގަލަށް ކިޔަން އަރާ މީހާ އެވެ.

އެހެނިހެން

Print

ޙާޖީ ޢަބްދުއްރަޙުމާނާއި ކަދުރުއައްޔަގެ ހިބަރު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އައްޝައިޚުލްފަޤީހުލްޙާއްޖު ޢަބްދުއްރަޙުމާނުލްއަޒުހަރީ، މަޝްހޫރު ނަމުން ނަމަ، ޙާޖީ ޢަބްދުއްރަޙުމާނަކީ ވަރަށް ތަޤުވާވެރި ޒާހިދު ވަރަޢަވެރި ބޭފުޅެކެވެ. އޭނާއަކީ މިޞްރުގެ ޖާމިޢުލްއަޒުހަރުން ތަޢުލީމު ޙާޞިލުކުރައްވައި އެ ޔުނިވަރސިޓީއެއްގެ ފެކަލްޓީއެއްގެ ޑީންކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަތުލިޔުން ރީތިކަމުން ބޮޑުތަރުތީބު ޗާޕުކުރައްވާން ސަރުކާރުން ކޮޅުނބަށް ފޮނުއްވި ކާތިބެކެވެ. ތަޢުލީމަށް އޭރު ވެސް ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން، އެ މަސައްކަތް ނިމުނުން ލިބިވަޑައިގަތް ތިންސަތޭކަ ފަންސާހެއްހައި ރުފިޔާ ހިއްޕަވައިގެން އެގޮތްމިގޮތުން މިޞްރަށްވަޑައިގެން ޢާލަމީ ފާސް (މި ޒަމާނުގެ ގޮތަށް ނަމަ، މާސްޓަރސް) ޙާޞިލުކުރެއްވިއެވެ.

Print

އެސްވަޅުގެ ޙައްލަކީ ކޮބާ؟

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އެހެނިހެން


އަޙުމަދު ރަޝީދު، ލ. ފޮނަދޫ
 
[އެސްވަޅު] "މިއުޅެނީ ފައިގައި އެސްވަޅެއް ޖަހައިގެން. ހާދަ ވަރަކަށޭ މި ތަދުވަނީ. މިގޭ މީހުންގެ ފައިގައި ވަރަށް ގިނައިން އެބަނަގާ. ބައެއް މީހުން ބުނޭ މިއީ ހަމުގެ ބައްޔެކޭ، ގައިން ގަޔަށް ވެސް އަރައޭ." މިއީ އަހަރެންގެ ރައްޓެއްސެއްގެ ގެއަށް ދިޔައިރު އަހަރެންގެ ރަޙްމަތްތެރިޔާ ފައިތިލައިގައި ވަޅިއަކުން ކޮށްޓަން އިންދައި ތިޔަ ކުރަނީ ކީއްހޭ އަހައިލުމުން ދިން ޖަވާބެކެވެ.
Print

ސިޙުރުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސިޙުރު ޖެހުމުގެ ކުރިން އެއިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެ ކަންތައްތަކަކީ:


1. މާތް ﷲ އަށް ވަކީލުކުރުން: އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފި މީހެއްގެ މައްޗަށް އެކަލާނގެ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ލައްވާނެއެވެ. (وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ) (އައްޠަލާޤު: 3) މާނައީ، "އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ."


2. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުން. އެ ޒިކުރުތަކަކީ:

o އިޚުލާޞް، ފަލަޤި، ނާސް ތިން ސޫރަތް: ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުގައި ވާރިދުވެފައިވަނީ، މިއިން ކޮންމެ ސޫރަތެއް، ހެނދުނު ތިންފަހަރު، ހަވީރު ތިންފަހަރު ކިޔެވުމަށެވެ.
Print

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން



ހުށަހެޅުން

މި ކުޑަކުޑަ ފޮތުގައިވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތް މިފޮތުގައި ވާނެއެވެ. އޭގެ އިތުރުން، ސިޙުރުގެ ވައްތަރުތަކާއި އެއާމެދު އިހުގެ މަޝްހޫރު ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތް ވެސް ހިމަނާފައިވާނެއެވެ. ހަމައެފަދައިން، ސިޙުރުވެރިން ކުރާ ނުބައި ކަންތައްތަކާއި އެބައިމީހުން ހަދާ މަކަރާއި ޙީލަތްތަކަށް ވެސް ބަލާލާފައި ވާނެއެވެ. ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތް ދެނެވަޑައިގަތުމަށް ބޭނުންފުޅުނަމަ، މިފޮތް ވިދާޅުވުން ހުއްޓެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ