ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (14)
އިބްރާހީމް ރަޝީދު މޫސާ
261. ހިޖްރައިން 6ވަނަ އަހަރުގެ ޛިލް ޤަޢިދާ މަހު رسول الله ﷺ ޢުމްރާއަށް ވަޑައިގަންނަވަން ގަސްތުކުރެއްވި ޚަބަރު މީސްތަކުންނަށް ދެއްވިއެވެ. އެކަލޭގެފާނަށް ހުވަފެންފުޅުގައި އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން އިސްތަށިފުޅު ތުރުކުރައްވައިގެންނާއި އިސްތަށިފުޅު ކޮށްޓަވައިގެން އަމާންކަމާއެކު މައްކާއަށް ވަދެވަޑައިގެންނެވިތަން ފެނިވަޑައިގަތްކަމަށް ވިދާޅުވިއެވެ.