އެ އަވައިގައި ޖެހުމުން
އާދަމް ޢަބްދުއްރަޙުމާން (އުތީމު)
ފިލައި ދިޔައީ ފިކުރު ޒިހުނާ ބިލާހުގެ އެޅުވިގެން ގަހަނާ
ކިލާކޮށް ރައްކަލީ ދަހަނާ ވިލާ ކަނޑުގައި ނުލާ ފީނާ
ރުކުންތަކުގައި ހިފާ ބައްޔަށް ސުކުންތައް ބަދަލުކޮށް ފިއްޔަށް
ހުކުމްތައް ލިޔެވިދާ ދެއްޔަށް ވަނީ ހާކިމްގެ އަތް ބާނާ
ފަގީރުން މަހުޖަނުން ތޮޅުވައި ހަގީގަތް ސިއްރުކޮށް ފޮރުވައި
ފަގީހުން މީގެ ތަށި ލޮޅުވައި، ދަނީ ތޮޅެމުންނެ މާތް ދީނާ