ނަމާދުގެ އަޅުކަމާ ގުޅޭގޮތުން މީހުން ބަހައިލެވޭ ބައިތައް
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު
ތިބާ ހިމެނެނީ މީގެ ތެރެއިން ކޮން ބައެއްގައިހެއްޔެވެ؟
ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އަދި ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދު ކަމުގައިވެސް ޙަދީޘްގައި އައިސްފައި ވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ރަނގަޅުވެދާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ފާސިދުވެދާހުއްޓެވެ."[1]
ޙުރްމަތްތެރިވެގެންވާ މުޙައްރަމު މަސް
ޢާޝޫރާ ދުވަހާއި އެ ދުވަހުގެ މާތްކަމާއި އެ ދުވަހު ރޯދަހިފުން
އިބްރާހީމު ރަޝީދު މޫސާ
ފާއިތުވަމުންދާ ދުވަސްތަކާއި އަހަރުތަކުން ޢިބްރަތްލިބިގަތުން
މާތްﷲވަޙީކުރައްވަނީ: إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الأَلْبَابِ؛ آل عمران/190- ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާތަފާތުކުރެއްވުމުގައި ބުއްދީގެ އަހުލުވެރިންނަށް (ﷲގެކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެ އެވެ.
ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން... (2)
ސޫރަ ރީތި ކުރުމަށްޓަކައި، ގެނެވޭ ޖިސްމާނީ ބަދަލެއް
މި މައުޟޫޢުގެ ބާވަތުން، މަޢުލޫމާތުތައް ހުށަހެޅުމުގައި ލިޔެކިޔުމުގައި ޢާއްމުކޮށް ބޭނުންކޮށްނޫޅޭ "ބީރައްޓެހި" ބައެއް ބަސްތަކާއި ޢިބާރާތްތައް ބޭނުންކުރެވިފައިވާނެ އެވެ. އެހެންނަމަވެސް ކިޔުންތެރިންނާއި ވީހާވެސް ރަޙުމަތްތެރިގޮތަކަށް ބަސްމަގު ބޭނުންކުރުމަށް އަޅުގަނޑަށްވީ އެންމެ މަތީ ދަރަޖައަކަށް މަސައްކަތްކޮށްފައިވާނެ އެވެ.
ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން... (1)
ޔޫތަނޭޒިއާ
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު، އުދަރެސް/ ރ. މާކުރަތުތަޢާރުފު:
ޔޫތަނޭޒިއާ (Euthanasia) މިބަސް ނެގިފައިވަނީ ގްރީކުބަހުގެ "eu" (ފަސޭހަ / ރަނގަޅު) އާއި "thanatos" (މަރު) އިންނެވެ. ވީމާ ޔޫތަނޭޒިއާގެ ލަފުޒީ މާނައަކީ ފަސޭހަ ނުވަތަ ރަނގަޅު މަރެވެ.
ޔޫތަނޭޒިއާގެ އިޞްޠިލާޙީ މާނައަކީ : "ދިރިހުންނާނެކަމުގެ އުއްމީދު ނެތްވަރަށް ބަލިވެ ނުވަތަ ޒަޚަމްވެފައިވާ އިންސާނެއް(ނުވަތަ ޖަނަވާރެއްވިޔަސް)، ވޭންއެޅުން ވީހާ ވެސް ކުޑަވާނެގޮތަކަށް އޭނާ އަށް "ރަޙުމްކުރުމުގެ ގޮތުން" މަރާލުން، ނުވަތަ މަރާލުން
ދިރިދަމަހައްޓާ މެޝިން ...
ދިރިދަމަހައްޓާ މެޝިން ... އޭގެ ޙަޤީޤަތާއި ޙުކުމް
1- ދިރިދެމެހެއްޓުމުގެ މަފްހޫމު:
ބޭސްވެރިކަމުގެ ދާއިރާގައި ދިރިދެމެހެއްޓުމޭ ބުނުމުން އޭގެ މާނައަކީ ޑަކްޓަރަކު ނުވަތަ ޑަކްޓަރުންގެ ޖަމާޢަތަކުން ބަލިމީހެއްގެ ޙަޔާތާބެހޭ ގުނަވަންތަކަށް، އޭގެ ވަޒީފާތައް(ނުވަތަ މަސައްކަތްތައް) އަދާކުރުމުގައި އެހީވެދިނުމަށްޓަކައިދޭ ޚާއްޞަފަރުވާއެވެ. ނުވަތަ އެއީ މަސައްކަތްނުކުރާ ބައެއްގުނަވަންތަކުގެ ބަދަލުގައި އެހެން ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ގުނަވަންތަކުގެ މަސައްކަތްތައް