ނަމަވުމާއި އެހެންޒަމާންތަކާ ހުރި ފުށުއެރުންތައް
1. ތަޢާރުފު
ބަހުގެ ގަަވާއިިދާ ބެހޭގޮތުން، އެންމެ ފުރަތަމަ ވާހަކަދައްކައިފައި ވާ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 4 ވަނަ ޤަރުނުގެ ތެރޭގައި ގްރީކްގެ ބަސްވާރުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ވެސް ދުނިޔޭގައި ވާހަކަދެކެވެމުން އަންނަ އެކި ބަސްބަހުގެ ޤަވާޢިދާމެދު ބަސްވެރިންނާއި ބަސްވާރުންނާއި ޢިލްމުވެރިން އަންނަނީ ޤަވާޢިދު ފޮތްތަކެއް ލިޔަމުންނެވެ. މި ގޮތުން، ދިވެހިބަހުގެ ގަވާއިިދާ ބެހޭގޮތުން ލިޔެފައިވާ އެންމެ އިހުގެ ލިޔުމެއްކަމަށް ބެލެވެނީ، ނައިބު ތުއްތު ލިޔުއްވާފައިވާ ތަޤްވީމުއްލިސާނިއެވެ. ނުވަތަ ތާނަލިޔުމުގެ ގަވާއިދެވެ. ނުވަތަ މި ދެ ފޮތެވެ.ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިތުރުއެކަލޭގެފާނުގެ އާރާއި ބާރާއި ޢިއްޒަތް ހާމަކުރެއްވިއިރު، ސިޓީފުޅު ރައްދުވާ ފަރާތުގެ ޤަދަރު ކުޑަކޮށެއް ނުލައްވަ އެވެ. އިތުރުއެކަލޭގެފާނު ވަނީ، އެފަރާތުގެ ޢިއްޒަތާއި ޤަދަރު މަތިވެރިކުރައްވައި، އެފަރާތަށް ޙައްޤުވެގެންވާ މަޤާމު ދެއްވާފަ އެވެ.
ޑރ. ރާޣިބުއްސަރުޖާނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ހިރަޤުލަށް ފޮނުއްވި ސިޓީފުޅު، ޞަޙީޙުލް ބުޚާރީގައި ވެ އެވެ. އެސިޓީގައި ވާ ބަސްފުޅުތަކާމެދު ގިނަ ބަޔަކު ހައިރާންވެދާނެ އެވެ. އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން، އެ ސިޓީފުޅު ފޮނުއްވީ، ނުހަނު ކުޑަކުޑަ ދައުލަތަކުންނެވެ. އެއީ މަދީނާގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޤާއިމުކުރެއްވި ދައުލަތެވެ. އެ ދައުލަތުގައި އޭރު އޮތް ލަޝްކަރުގައި ތިބީ، އެންމެ ގިނަވެގެން ވެސް، ތިންހާސް
އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައި:
ޝާޢިރު: ސައްޖާދު މިރްޒާ އެމް. އޭ. ބީ. އެޑް.
ތަރުޖަމާ: މުޙަންމަދު ޝާހިދު ޙަލީމު (1998)
ދިރިއުޅުމުގެ ކޯރަށް ގާކޮޅެއް ވައްޓާލައިފައި ބަލާށެވެ.
އަލަށް ކުރެހުނީ ކޮން މަންޒަރެއް ހެއްޔެވެ؟ ކަޅިޖަހައިނުލައި ބަލާށެވެ.
ހަށިގަނޑުގެ ފޭލިގޭގެ ހުރިހައި ވާފަށެއް ކެނޑިއްޖެ އެވެ!
ޠޫފާނުގެ ވައިގެ ބާރުމިނުގެ ބަލަންވީ ކޮން އަޖުމައެއް ހެއްޔެވެ؟
އަޙްމަދު ސަމީޢު
ޕުލާސްޓިކު ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ވާހަކައަކީ މިހާރު ވަރަށް އާންމު ވާހަކައެވެ. މިކަން ނެގޭ ދިވެއްސަކު ހުންނާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. ޕުލާސްޓިކް ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން އިޙްސާސް ކުރެވުންލެއް ބޮޑުވީމައި ބައެއް ރަށްތަކުން މިހާރު ވަނީ ޕުލާސްޓިކު ކޮތަޅު ބޭނުން ކުރުން ހުއްޓައިލުމަށް ނިންމާފައެވެ. ޕުލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތިކޮތަޅާއި ކަރުދާހު ކޮތަޅު ބޭނުން ކުރުމަށް އެރަށްތަކުން ދަނީ ވިސްނަމުން ނެވެ. މަޤުޞަދަކީ އަޅުގަނޑުމެންގެ ނާޒުކު ތިމާވެއްޓަށް ޕުލާސްޓިކް ކޮތަޅުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމެވެ. ނުވަތަ އެއްވެސް ގެއްލުމެއް ނުވުމެވެ. ސުވާލަކީ މިކުރެވޭ ބުރަ މަސަތްކަތުގެ ނަތީޖާ އެންމެ އެދެވޭ ގޮތުގައި އަޅުގަނޑުމެންނަށް ފެންނާނެބާއެވެ. އަދި ފުލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލެވިދާނެބާއެވެ. އަޅުގަނޑަށް ލަފާކުރެވޭނީ މިއީކުރެވޭވަރުގެ ކަމެއް ނޫންކަމަށެވެ. ވަރަށް ގިނަ ސަބަބުތަކާއި ހެދިއެވެ.