''މި ފިރުޤާ އުފެއްދުމުގެ މަޤްޞަދަކީ އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލުމެވެ.''
އަލްއުސްތާޛު އިބްރާހީމް އަޙްމަދު
ނަންކިޔުނުގޮތް
އިސްމާޢީލިއްޔާ މިނަން ނިސްބަތް ކުރެވިފައިވަނީ އަލްއިމާމު އިސްމާޢީލު ބުނު ޖަޢުފަރުއްޞާދިޤަށެވެ. އެކަމަކު އޭނާއަކީ އިމާމެއްކަމަށް ޝީޢީންގެ އިޘްނާ ޢަޝަރިއްޔާއިން އިޢުތިރާފެއްނުވެއެވެ. އެހެންނަމަވެސް އިސްމާޢީލިން ޤަބޫލުކުރަނީ އޭނާއަކީ އިމާމެއްކަމުގަ އެވެ. އަދި މިބައިމީހުންނަށް ސަބްޢިއްޔާއިންނޭ {1} ވެސް ކިޔާ އުޅެ އެވެ. އިސްމާޢީލަކީ ޝީޢީންގެ ހަވަނަ އިމާމު އަލްއިމާމު ޖަޢުފަރުއްޞާދިޤުގެ ދޮށީ ދަރިކަލުންނެވެ.