އަދުގެ ޚާއްސަ

Print

ޖަލު ފާރަވެރިއަކަށް އިސްލާމީ ހިދާޔަތު ލިބުނު ގޮތް

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ދިރާސާ


އަސްލު ލިޔުން:  ޑޭން އެފްރޮން
ތަރުޖަމާ:      ޅޮހީ ޢަބްދުއްރަޙީމު

ގުއަންޓަނާމޯބޭގެ ޖަލުގެ ގާޑަކަށް ހަ މަސްވަންދެން މަސައްކަތްކުރި ޓެރީ ހޯލްޑު ބުރޫކްގެ މުޅި ދިރިއުޅުން ބަދަލުކުރަން މަޖުބޫޫރުވީ 590 ވަނަ ނަމްބަރު ދެވިފައިވާ ޤައިދީއަކާ ދެއްކި ވާހަކަ ތަކަކަށް ފަހުގަ އެވެ. އެ ޤައިދީ އަކީ " ދަ ޖެނެރަލް " ގެ ނަމުން މަޝްހޫރުވެފައިވާ ޤައިދީއެކެވެ.


މިކަން ހިނގައިދިޔައީ 2004 ވަނަ އަހަރު އެވެ. އޭނާ އެ ދުވަހާ ޖެހެންދެން މަސައްކަތް ކުރަމުންއައީ އޭނާ މަސައްކަތް ކުރަމުން އައި ގުރޫޕާއި އެކުގަ އެވެ. އެ ގޮތުން އޭނާގެ މަސައްކަތަކީ ޤައިދީން ބަލަހައްޓާ އެ މީހުން އެއްވެސް ބާވަތެއްގެ މުއާމަލާތެއް ހިންގާތޯ ބެލުމެވެ. ނަމަވެސް މެންދަމު ގަޑީޔަކީ ހަމަހިމޭން ގަޑިޔަކަށް ވުމުން އެ ގަޑީގައި ކުރަން ޖެހޭ މަސައްކަތަކީ މޮޕްލުން ފަދަ ކަންކަމެވެ. މި ގޮތުުން ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން އޭނާ ޖަލުުގައި ތިބި ޤައިދީންނާއި ރަޙުމަތްތެރިކަން އުފެއްދި އެވެ. އެ މީހުންނާ ދަންވަރު ވާހަކަދައްކަން ފެށި އެވެ.

މި ގޮތުން ވޭތުވެގެން ދިޔަ ދުވަސްތަކުގައި ޖެނެރަލްގެ ނަމުން މަޝްހޫރުވެފައިވާ، އަޙްމަދު އެރަޗިޑީއާއި ގާތްގުޅުމެއް އުފެދި ވަރަށް ގިނައިން އޭނާއާ ވާހަކަ ދައްކަމުން ދިޔަ އެވެ. މި ގޮތުން ދެކެވުމުން ދިޔަ ވާހަކަތަކުގެ ނަތީޖާއަކަށްވީ ޓެރީ ހޯލްޑު ބުރޫކަށް ދިރިއުޅުމާ މެދު ބޮޑަށް ވިސްނަން ފެށުމެވެ. އޭނާގެ ހަޔާތުގެ މަޤުޞަދާމެދު  އޭނާ ވިސްނަން ފެށި އެވެ. އެ ކަމަށްޓަކައި، އޭނާ އިސްލާމް ދީނާއި އަދި އަރަބި ބަހާ ބެހޭ ފޮތްތައް ޖަމާކޮށް ކިޔަމުން ދިޔަ އެވެ.

ނަތީޖާއަކަށްވީ މި ފަދަ ރެއެއްގެ މެންދަމުގައި ގުއަންޓަނާމޯބޭގެ ޖަލުގައި ހައްޔަރުކުރެވިފައިވާ 590 ވަނަ ޤައިދީގެ އަތް މައްޗަށް ޓެރީ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވުމެވެ. ގަލަމަކާއި ގަނޑެއް ޖަލުގެ ކުޑަކުޑަ ދަނގަޑު ދޮރުގެ ތެރެއިން ދިއްކޮށް ޝަހާދަތުގެ ދެކަލިމަ އިނގިރޭސި އަކުރުން، ޤައިދީ ލައްވައި ލިޔުއްވުމަށްފަހު އެ ބަލައިގެން ކިޔައި އޭނާގެ އިސްލާމްކަން އިޢުލާނު ކުރީ ގުއަންޓަނާމޯބޭގެ ޖަލުގެ ތެރޭގައި އެ ހަމަ ހިމޭން ދަންވަރުގެ ވަގުތު އެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އަދި މުުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އަކީ އެ ކަލާނގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.
  
                                (ނިމުނީ)


ހަވާލާ:

 ޑޭން އެފްރޮން- ނިއުސްވީކް. 30 މާރޗް 2009

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ