އާދަމް ނަޞީރު އިބްރާހީމް
މަދަރުސާއެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންކޮޅެކެވެ. މައިދާނީ ދަތުރެއްގައި ކުޅިއެއްގެ ކައިރިއަށް ދިޔަ އެވެ. ކުޅީގެ ވެށިން ފެންނަ ތަކެތީގެ އުޅުން ބުޅުން ދެނެގަތުމަށެވެ. އެ ވެށީގެ ދިރުމާއި ހިރުން އޮޅުން ފިލުވުމަށެވެ. އެތާނގެ ސަގާފަތާއި ގޮތާ ފޮތާއި ހަމަ ނަހަމަ އުނގެނުމަށެވެ.