އަދުގެ ޚާއްސަ

Print

ލޯތްބަށް ވުރެ މުއްސަނދިކަން މުހިއްމުވީ އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ

ސާފު ގޮނޑުދޮށްތައް ނަލަ ހަނދުވަރުގައި ފަޅު ފިލުވީމުއެވެ.
ހިކިދިޔަވަރުގައި އާނުގަނޑު މަތީގައި ތިބީމުއެވެ.
އިރުއޮއްސޭ ވަގުތު ރަތްވިލާ އުފެދޭނެތީ އިންތިޒާރު ކުރީމުއެވެ.
ގަދައަވީގައި ރާޅުބީއްސާ ހިސާބުގައި އަރިކަށި ޖައްސައިގެން ތިބީމުއެވެ.
އެއުފާވެރި ދުވަސްތައް ހިތާމައިގެ ދުވަސްތަކަކަށް ބަދަލުވެއްޖެއެވެ.
ހިތް އާސްމާނަށް އެރީމާ ވީގޮތް ދެކޭށެވެ.
މިއުފާވެރި ހިތްގައިމު މާހައުލު ދޫކޮށްލަން ބޭނުންވީއެވެ.
އަހަރެންގެ ތެދުވެރި ލޯބިދޫކޮށްލަން ބޭނުންވީއެވެ.
ލޯތްބަށްވުރެ މުއްސަނދި ކަމަށް އިސްކަން ދިނީއެވެ.
އަވަހަށް ނެތިދަނީ ކޮން އެއްޗެއްކަންވެސް ނޭގުނެވެ.
އެނބުރި އައީ ހުރިހާއެއްޗެއް ގެއްލުނީމައެވެ.
އަންހެނާގެ ޝަރަފުވެސް ގެއްލިދިޔައީއެވެ.
ދެންހެވޭ ބުނަންޖެހުނީ ލޯބި ނުވާތީއެއްނޫނެވެ.
ބާހެދުން ލާން ބޭނުންނުވާތީއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ