އަދުގެ ޚާއްސަ

Print

އަހަރެންގެ ޢަޒުމް

ޝާޢިއުކުރީ ޢަލީ ނައުފަލް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ޢަލީ ނައުފަލް ، އޯކިޑުމާގެ ، ށ. ޅައިމަގު

 

ހިއްމަތާ ގަދަ ހިތްވަރުން، މޮޅުކުއްޖަކަށް މަ ވެދާނަމޭ

               ހިތްވަރެއް ކޮށްފާ މިތާ، ރަން ވަނަތަކެއް ހޯދާނަމޭ

ވިސްނަމުން މުސްތަޤުބަލަށް، ބިންގާ އަޅާނީ ހަރުދަނާ

               ވިސްނުމެއްގެދަށުން ކަމަށް، ޢަމަލާ ބަހުން އަންގާނަމޭ

މަންމަޔާ އަދި ބައްޕަޔަށް، ކިޔަމަން ކަމާއެކު ބޯލަނބާ

               މަންމަމެން ހިތްހަމަޖެހޭ، ގޮތުގާ ނިކަން މަ އުޅޭނަމޭ

ފޫހި ކަމަކަށް ތަންނުދީ، ވަރުބަލިކަމަށް ހަމަ ދޫނުކޮށް

               ރާޙަތުން ޢިލްމީ އުޖާލާ، ފޮނިކަމެއް ހޯދާނަމޭ

ނެތި ފަނާވެވިގެން ނުދާ، މަތިވެރި ޚަޒާނާއެއް މިއީ

               ދަތި ތުރާތައް ދުރުކުރާ، މީ ޢިލްމުކަން ދަންނާނަމޭ

                          ---------( ނިމުނީ )-----------

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ