އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

ކީއްވެ ތި ރޮނީ؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙައްމަދު އިމްރާން/ ސަމާމަންޒިލް / ހއ. އިހަވަންދޫ

ވިސްނާލީމު ހެއްޔެވެ؟ ތިބާގެ ގާތުގައި އެތައްވަރަކަށް މަދަދަށް އެދޭ މީހުން، އެމީހުންނަށް ކަމަކާއި ކުރިމަތި ނުވަނީސް ތިބާގެ ގާތަށް ނާންނަނީ ކީއްވެހެއްޔެވެ؟ ތިބާ ވަނީ ހަމައެކަނި އެމީހުންގެ މަދަދު ގާރެއް ކަމުގައި ހެއްޔެވެ؟ ނޫނީ އެމީހުންގެ ރަޙްމަތްތެރިއެއް ކަމުގައި ހެއްޔެވެ؟ ދެންތިބީ ތިބާގެ އެންމެ ގާތް މީހުންނެވެ. ބައެއްފަހަރަށް މައިންބަފައިންގެ މައްޗަށް އެމީހުން އިސްކުރަމުއެވެ. ތިމާގެ އަނބިމީހާގެ މައްޗަށްވެސް މެއެވެ. އެމީހުން އައިސް ބުނާނެއެވެ. މަދަދު ވެރިވާނޭ ފަރާތެއް އަހަރެމެންނޫނީ ކޮބައި ހެއްޔެވެ؟ ހެޔޮ އެދޭނޭ ބަޔަކު އަހަރެމެންނޫނީ ކޮބައި ހެއްޔެވެ؟ އަހަރެމެން އަބަދުވެސްވާނީ ތިޔަރަޙްމަތްތެރިޔާގެ ''އަރިހުގަ'' އެވެ. ނަމަވެސް....
Print

މި ދުނިޔޭގައި ހިތްހަމަ ޖެހުމެއް ވޭހެއްޔެވެ؟

ޝާޢިއުކުރީ އިބްރާހީމް ފައުޒީ . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ފައުޒީ

ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރްޙޫމް މުޙައްމަދު ޖަމީލް ސިފަކުރައްވާ ގޮތުގައި ދުނިޔެއަކީ އެއްވެސް އުފަލެއްނެތް ވަގުތީ ތަނެކެވެ. ފޮޅޭ ކޮންމެ މަލެއްވެސް މޯޅިވެދެއެވެ.


ިތްގައިމު ކޮންމެ މަންޒަރެއްވެސް ނެތިދެއެވެ. ނަލަނަލަ ރިހި ހަނދުވަރުގެ ވެރި ހަނދުވެސް އޮއްސިދެވެ. އެހެންކަމުން ދުނިޔޭގެ އުފަލަކީ ވަގުތީ އުފަލެކެވެ.


ދުނިޔޭގެ ވަގުތީ އުފަލާހެދި މޮޔަވެފައިވާ މީހުންނާ ދުނިޔޭގެ ފަހުން އޮތް ދާއިމީ އުފަލަކަށް އިންތިޒާރުކުރާ ވިސްނުންތެރިން ދުނިޔެއާމެދު ދެކޭގޮތް ހާސްތަފާތެވެ.
Print

ލަދުވެތިނުވާނަމަ ހިތުހުރި ކަމެއްކުރޭ!

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޞްލު: އަމްރޫ ޚާލިދު
ތަރުޖަމާ: ޝިފްޒާން އަޙްމަދު

{މިލިޔުމުގެ މަޢުޟޫއަކީ މިއަދުގެ މުޖުތަމަޢަށް މުހިއްމު މަޢުޟޫއެކެވެ. ޒުވާނުން އެކަމަށް އިސްކަންދޭންޖެހޭކަމެކެވެ. ކޮންމެ މީހަކުވެސް މިމަޢުޟޫގައި މިބަޔާންކުރާ ޞިފަ ލިބިގަންނަންޖެހެއެވެ. މިލިޔުމަކީ މިޞްރުގެ މަޝްހޫރު ދާޢީއެއްކަމުގައިވާ ޢަމްރޫ ޚާލިދުގެ كلام من القلب ފޮތުން ދިވެހިބަހަށް ނަކަލުކޮށްފައިވާ ލިޔުމެކެވެ. ﷲގެ ޙަޡްރަތުން އެދެނީ މިލިޔުމުގެ ސަބަބުން ދިވެހިޒުވާނުންނަށް ހެޔޮ ބަދަލުތަކަކަށް މަގުފަހިކުރެއްވުމެވެ.}

ލަދުވެތިކަން

ކޮންމެ ފަރުދަކަށާއި ޢާއިލާއަކަށް އަދި މުޅި މުޖުތަމަޢަށް މުހިންމު ހެޔޮ އަސަރުތަކެއް ކުރުވާ އަޚްލާޤީ ޞިފައެކެވެ. ކޮންމެ މީހަކަށްވެސް މިޞިފަ ބޭނުންވެގެންވެއެވެ. އަދި ކޮންމެ ޢާއިލާއެއްގެތެރޭގައިވެސް މިމަތިވެރި އަޚްލާޤީ ޞިފަ އަށަގެންނެވުން މުހިންމެވެ. އަދި ކޮންމެ މުޖުތަމަޢެއްގެ ބިންގަލަކީ މިޞިފަކަމުގައި ހެދުންމުހިއްމެވެ. މިޞިފަ ނެތިއްޖެނަމަ އެތައް ޒުވާނުންނެއް ނެތި ފަނާވެގެން ހިގައިދާނެއެވެ. މިބަހަށް ހެކިދޭ ޙަޤީޤީ މިސާލުތައް އަޅުގަނޑުމެންގެ ލޯތަކުގެ ކުރިމަތިން ތަމްސީލުވަމުންދެއެވެ.
Print

ދުނިޔޭގެ ބޮޑު އަޖައިބު

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ އިޖުތިމާޢީ


 
މުޙައްމަދު ޝާރިފް/ޅ.ނައިފަރު

މިދުނިޔެއަކީ ހާދަހައިވާ އަޖައިބެއްކަހަލަ ތަނެކެވެ. ދުނިޔޭގައިވާ ކަނޑުތަކާއި، ބިންތަކާއި، އެބިންތަކުގައި ދިރިއުޅޭ އަޖައިބު ކުރުވަނިވި ތަފާތު މަޚުލޫޤުންތަކެވެ. ބޮޑުވެގެންވާ ކާއިނާތާއި، އެކާއިނާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ ހުރިހާ ތަނެކެވެ. އިންސާނުންނަށް ނޭނގޭ އެތަނުގެ ބޮޑެތި ސިއްރުތަކެވެ. މިހުރިހައި ތަނަކާއި ތަކެއްޗެއް އުފެއްދެވެި ﷲ ތަޢާލާގެ ކުޅަދުންވަންތަވެރިކަމާއެވެ! މިހުރިހައިކަމެއް މިހެން ހުރިއިރުވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. އިންސާނުންގެ އަތްތަކުން ފަރުމާކޮށް، ކޮށައި މަށައިފައިހުރި ތަންތަނަކީ މާބޮޑެތި އަޖައިބުތަކެކޯލައެވެ. މިތަންތަން  އަމިއްލައަށް އަޖައިބަކަށް ހަދައިގެން އުޅޭތީ، އެއީވެސް ބޮޑު އަޖައިބެކެވެ. މީހަކު އަޅެ އަޖައިބެއް ފަހެ ނުވާނެހެއްޔެވެ!
Print

ހިސާބަށްވުރެ ބޮޑަށްރުޅިގަދަ ވެއްޖިއްޔާ......!

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

ސަލާމްލެއްވި ޢީސާގެފާނުންގެ މީލާދުގެ ދެހާހެއްގައި އަހަރުގެ ކުރީން އޮޅުދޫކަރައިގެ ބަޔެއް ރަށެއްގައި ރަސްކަމުގައި ހުންނެވި ވަރަށް ރަނގަޅު ރަސްކަލަކަށް ކިޔޭ ނަންފުޅަކީ (ކިލެނީތީސާއެވެ.) މިރަސްގެފާނީ ވަރަށް ބޮޑަށް ދީންވެރި، ދީނުގެ ކަންތައް ކުރިއަށް ނެރުއްވައިގެން އުޅުއްވާރަސްކަލެކެވެ. ދީލާތި ރަސްކަލެއް މެއެވެ. އެޒަމާނަކީ އޮޅުދޫކަރައިގެ ބޫޒާގެ ދީން ރަނގަޅަށް އޮވެގެން ފެށިގެން އައި ރަނގަޅު ދުވަސްވަރެވެ. އެކަރައިގައި އެވަގުތަށް ހުރި އެންމެބޮޑު ހާމުދުރަކީ ދީނުގެ ޢިލްމަށް ވަރަށްބޮޑު ޒާހިދުކަމަށް އަރައިހުރި ރަނގަޅު ހާމުދުރެކެވެ.

Print

''އިނދެގެން އިނދެގެން'' އިނދެގެން ނުއިނދެ'' އަދި، '' ނުއިނދެ އިނދެގެން'' އުޅުމަކީ ކޮބާ؟

ޝާޢިއުކުރީ އިބްރާހީމް ފައުޒީ . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ފައުޒީ

ކައިވެނީގެ ގުޅުމަކީ މުޤައްދަސް ގުޅުމެކެވެ. މަތިވެރި ގުޅުމެކެވެ. އެގުޅުމުގެފަހަތުގައި އަޚްލާޤީ ފަރުވާތަކަކާ ގިނަގުނަ ޙައްޤުތަކެއްވާ ގުޅުމެއްވެސް މެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މުޖްތަމަޢުތަކުން ފެންނަމުންދަނީ ކައިވެނީގެ ގުޅުމުގެ މާނަ އޮޅުވާލާ ތަނެވެ.

ދިރިއުޅުމުގެ މިރީތި އުޞޫލު ބަދަލުކޮށް އިޖްތިމާޢީ މައްސަލަ ތަކެއްގެ ފުން ވަޅުގަނޑަށް ފުންމާލާ ތަނެވެ.

Print

މުޖުތަމަޢުގައި ވިކޭ މީހަކަށްވާނީ ކިހިނެއް؟

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ

 

އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހު ހެއްދެވި އެންމެހައި މަޚުލޫޤުންގެ ތެރެއިން އިންސާނާ ވަކިން މާތްކުރައްވާފައެވެ. މިކާއިނާތުގައި ލައްވަވާފައިވާ ދިރޭ އެހެން ހުރިހާ މަޚުލޫޤުން ތަކަކަށް ނުދެއްވާ އެތައް ކަންތައްތަކެއް ދެއްވާފައެވެ. ބަސްމޮށުމުގެ ކުޅަދާނަކަމާއި، ބުއްދީގެ ފުރިހަމަކަމާއި އުފެއްދުންތެރިކަމާއި މިނޫނަސް ޠަބީޢީގޮތުން އެތައް އިޚުތިޔާރެއް އިންސާނާއަށް ލިބިގެންވެއެވެ. އިންސާނާއަށް ސީދާވެގެންވާ މަގުން ދަތުރު ކުރުމަށް ނޫނީ ކަސިޔާރުވެ ނުބައި މަގުން ދިއުމަށް ފުރުސަތު ލިބެނީ މިއިޚުތިޔާރުގެ ބޭނުން ހިފޭ ގޮތަކުންނެވެ.
އިންސާނާ ހެދިބޮޑުވެ މުޖުތަމަޢުގެ ތެރެއަށް ހަށިފޮޅާލާއިރު މުޖުތަމަޢުގެ ތެރެއިން އެތައްކަމެއް ދަސްކުރެއެވެ.

Print

އަވަސްކަޅިޔަކުން ވެލަންޓައިންސް ދުވަސް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބްދުﷲ ފާރޫޤު ޙަސަން


ފަސްމަންޒަރު

މީލާދީން ދެވަނަ ސައްތައިގައި ރޯމްގައި އޮތީ ކްލައުޑިއުސް ދޭއް (Claudius II) ގެ ވެރިކަމެވެ. އެރަސްގެފާނަކީ ހަނގުރާމަކުރައްވާން ވަރަށް ވަރުހުންނަ ރަސްކަލެކެވެ. ކަލައުޑިއުސް ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވައި އަވަށްޓެރި ޤައުމުތަކަށް ހަމަލަ ދެއްވާންފެއްޓެވިއެވެ. ހަނގުރާމަތައް ހައްތާދިޔައީ ދިގުލަމުންނެވެ. ސިފައިންތައް މަރުވަމުންދާ ވަރަކަށް އަލަށް ސިފައިންގެތެރެއަށް މީހުންވައްދާން ބޭނުންވެއެވެ.

Print

މިނިވަންކަމުގެ އަސްލު

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުނީ: އަލިފުޝީނު
އަޙްމަދު ޝަމީނު ދޮންމަނިކު،
ފިނިވާގެ އއ. ތޮއްޑޫ

ޝަރުޢީ އަދި އިޖްތިމާޢީ އެކި އެކި ނިންމުން ތަކުގައި މިޒަމާނުގައި ތިޔަ ފެނިވަޑައިގަންނަވާ ވަޟަޢީ މަންހަޖުތަކުގެ ނިންމުން ތަކުގައި ދީނުގެ ކުލަ ޖެހިފައި ހުއްޓައި ފެނިވަޑައިގަންނަވާނީ ވަރަށް ފަނޑުކޮންނެވެ. ނުވަތަ ދީނުގެ ކުލަވަރު އެއްގޮތަކަށްވެސް ނުފެންނާނެއެވެ. ސަބަބަކީ، މިގޮތް މާ ތަނަވަސް ވެފައި ފުޅާކަމުގައި ބަޔެއް މީހުންގެ ވިސްނުމަށް ފެނުމެވެ. އެއްވެސް ޤައިދެއްގެ ތެރޭގައި ފިކުރު ހިންގުން ހައްޔަރު ކުރެވިގެން ނުވާނެތީޔޯލައެވެ. މިގޮތުގެ މަތިން މިނިވަންކަމަށް ތަޢާރަފެއްދީ އޭގެ އިން މިން ތަކާ މެދު ދެކެވޭ ވާހަކައިގެ ޚުލާޞާއަކީ އެއީ އިންސާނީ ޠަބީޢީ ސިފައެއްކަމުގައި ކަނޑައެޅުމެވެ. އަދި އެއީ ހަމަ ކޮންމެހެންވެސް ލިބިދޭން ޖެހޭ ހޯދަންޖެހޭ ޙައްޤެއްކަމުގައި ކަނޑައެޅުމެވެ.
Print

ބުއްދިޔާ ފިކުރު ނެތިއްޔަކާ ޢިލްމަކުން ފައިދާއެއް ނުކުރާނެއެވެ.

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން


ވަރަށް ޢިއްޒަތްތެރިކަންބޮޑު ރަސްކަލަކު އަރިހުގައި އުޅޭ އެރަސްގެފާނުންގެ ޚާއްޞަ ޙަކީމަކީ، ވަރަށް ބޭސްވެރިކަމަށް މޮޅު، ބުއްދިއާއި ފިކުރުހުރި ކުޅަދާނަ މީހެކެވެ.

މީނާއަށް ލިބުނު ފިރިހެން ދަރިޔަކު ބޮޑުވެ ފަނަރަ ސޯޅަ އަހަރުވަމުން އެބައާދެއެވެ.


މިކުއްޖާއަށް ޙަކީމުކަން ދަސްކޮށްދޭ ކަށެއް ޙަކީމު ކަލޭގެފާނެއް ނޫޅުއްވައެވެ.
Print

ޢާއިލާ ރޫޅުނަސް ދަރިންގެ ޙައްޤާ ލޯތްބަށް ހުރަސްނާޅާށެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙުމަދު ނާސިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ 


ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެމަފިރިއަކާ ޙަވާލުކުރައްވާ އަމާނާތެކެވެ. ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމަކީ އެދެމީހުންގެ މައްޗަށް އޮތްވާޖިބެކެވެ. ކުޑަކުއްޖާ ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށް ، ނަޞާރާއަކަށް ނޫނީ މަޖޫސީއަކަށްވެސް ހަދަނީ އޭނާގެ މައިން ބަފައިންނެވެ.

Print

ރައްކާތެރި ގޮތަކީ މިއީއެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


 އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ 


ދުނިޔޭގައި އުޅޭއިރު އެންމެ ފައިދާ ބޮޑީ އެކަކު އަނެކަކަށް ގުޅިގެން މަސައްކަތް ކުރުމެވެ. އެއްރޫޙެއްގައި މަސައްކަތްކުރުމެވެ. ކުރާކަމަކުން އެދެވޭ ނަތީޖާއެއް ލިބުމަށް އެންމެ ފަސޭހަވާނެ ގޮތަކީ މިއީއެވެ. ދިވެހި ބަހުގައި އެއްބައިވަންތަކަމުގެ މާނައަކީ މިއީއެވެ.

އެއްބައިވަންތަކަން އާލާކުރަންވީ ރަނގަޅު ބިންގަލެއްގެ މަތީގައެވެ. ހަރުދަނާ އުސޫލުތަކެއްގެ މަތީގައެވެ. ޢާއިލާތަކުގެ މެދުގައެވެ. ޖަމާއަތްތަކުގެ މެދުގައެވެ. ނޫނީ ޤައުމުތަކުގެ މެދުގައެވެ. ކީއްކުރަންތޯއެވެ؟ އެންމެންގެ ފައިދާއަށެވެ. 

Print

އިޞްލާޙުވާންވީ މީހުންނެވެ!

ޝާޢިއުކުރީ މުޙަންމަދު ޢިމްރާނު . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުނީ: މުޙައްމަދު އިމްރާން/ ސަމާމަންޒިލް- ހއ.އިހަވަންދޫ
 

ވައްކަމެއް ނުކުރާދުވަހެއް، މިދިވެހި ޖައްވަކުން ނުދެއެވެ. ކޮންމެވެސް މާރާ މާރީއެކެވެ. ބަދު އަޚްލާޤީ ޢަމަލެކެވެ. މިކަމުގެ ސަބަބުން ނަފުސާނީ އެތައް ގެއްލުންތަކެއް ދިވެހި މުޖުތަމަޢުއަށް މިދަނީ ކުރަމުންނެވެ. ޖިސްމާނީ ގޮތުން އެތައް ހަށިތަކަކަށް މިހިރަ ގެއްލުން ވަނީއެވެ. އެތައް ދިވެހިންނެއްގެ ފުރާނަތައް ގެއްލެނީއެވެ. ދެރަވާނީ ކިތައް މައިންބަފައިންތޯއެވެ؟ ހިތާމަކުރަނީ ކިތައް ދިވެހިން ތޯއެވެ؟
Print

ފަކީރު ފަކީރުންނަށްވުރެ މުއްސަނތި ފަކީރުންގެ ޙާލު މާބޮޑުކަމަށް ފެނެއެވެ.

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

ބައެއް ބައެއް ފަކީރު ކަމާއެކު، ހިތްފަސޭހަ ވާގޮތާއި ރަނގަޅު ގޮތްތަކަށް އެދުންވެރި ވެވުމާއި ހިތަށް މަޑުމޮޅިކަން ލިބުމާއި ހުރެއެވެ.


މިހާރު އަހަރެމެން މިކިޔައިދޭ ވާހަކައިގައި މިވާފަދަ ނަސީބުދެރަ މުއްސަނތި ފަކީރުންގެ ފަކީރުކަމީ ލުއިވާންނެތް ވޭނެކެވެ. މަޑުނުވާނޭ ހިތާމައެއް މެއެވެ.  ނުފިލާނޭ ހުމެއްމެއެވެ.
Print

ޤައުމީ ލޯބި

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


= އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ.ހިތަދޫ


އިންޑިޔާ ކަނޑުގެ މެދުތެރޭގައި މުތްތަކެއް ހެން އުކާލެވިފައިވާ ރަށްތަކަކުން އަތުރާލެވިފައިވާ މިކުޑަކުޑަ ޖަޒީރާ ޤައުމު، ދިވެހިރާއްޖެއަކީ، މިފަސްގަނޑަށް އުފަންވާ ކޮންމެ ދިވެހި ކޮންމެ ދަރިއަކު ފަޚުރުވެރިވާ ފަދަ ޤައުމެކެވެ. ޤުދުރަތީ ރީތި މަންޒަރުތަކުން ޖަރީވެފައިވާ މިލޮބުވެތި ފަސްގަނޑުގައި ދިރިއުޅޭ ދިވެހި ރައްޔަތުންނަށް ލިބިފައިވާ ނިޢުމަތްތަކަކީވެސް ޝުކުރު އަދާކުރުން ޙައްޤު ނިޢުމަތްތަކެކެވެ.
Print

ދިވެހިރާއްޖެ ނެތިދިއުން

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޑރ. ޙަސަން ޙަމީދު (2003)

ދިވެހިރާއްޖެ ނެތިދިއުމޭތޯއެވެ؟ މަޢާފް ކުރައްވާށެވެ. އަޅުގަނޑަށްވެސް އެނގެއެވެ. އިންޑިއާ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މި ޖަޒީރާތައް ޣަރަޤު ވަންދެން ނުވަތަ ޖައްވުން އަންނަ ބޮޑު ހިލައަކުން ޖެހި ދަނޑުފަނގާއި ބިން އަޅިއަށް ވަންދެން މި ފަސްގަނޑު ދުނިޔެ އޮތްހާ ދުވަހަކު މިތަނުގައި އޮންނާނެއެވެ. އަޅުގަނޑު [ދިވެހިރާއްޖެ] އިން މި މާނަކުރަނީ ބައްރެއް ގަސްގަހާ ގެއްސެއް ނޫނެވެ. ލަފްޒުގެ ނިގޫކޮޅެއް ނޫނެވެ. [ދިވެހި] މި ލަފުޒަށެވެ. ދިވެހީންގެ ރާއްޖެއަށެވެ. އަމިއްލަ ބަހާއި ތާރީޚެއް، އަމިއްލަ ސައިންސާއި ޓެކްނޯލޮޖީއެއް ދުނިޔެއަށް ގެނެސްދިން ދިވެހީންގެ ޙަޟާރަތެވެ. މާޒީވި 3000 އަހަރުގައި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައި އާދަކާދަތަކާއި ދީނާއި ސަޤާފަތެވެ. އެތަކެއްޗަށް، އެސިފަތަކެއް ނެތްނަމަ ދިވެހިރާއްޖެއަށް [ދިވެހި] ރާއްޖެއޭ ނުބުނެވޭނެ ޤައުމީ ރުކުންތަކަށެވެ.
Print

ޙަޤީޤަތްވާނީ ހަމަ ޙަޤީޤަތަށެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އަޙުމަދު ނާޞިރު، ޑައިމަންޑްވިލާ. ސ. ހިތަދޫ

ދިވެހިންނަކީ، ޒަމާނުއްސުރެވެސް ޤައުމު ދެކެ ލޯބިވާ ބައެކެވެ. ޤައުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއްވި ބައެކެވެ. އުތީމު މުޙައްމަދު ތަކުރުފާނާއި މުލީގޭ ދޮން ޙަސަންމަނިކުފާނާއި ޢަލި ރަސްގެފާނު ފަދަ ބަޠަލުންނަކީ ޤައުމަށްޓަކައި ޖިހާދުކުރެއްވި ހިތްވަރުގަދަ ދިވެހި ދަރިންނެވެ. މިނޫނަސް މިފަދަ ކުޅަދާނަ އެތައް ބަޠަލުންނެއްގެ ވާހަކަ ދިވެހި ތާރީޚުގައި ލިޔެވިފައިވެއެވެ. ޤައުމަށް ޚިދުމަތް ކުރުމަކީ ދިވެހިންގެ ގިނަބަޔަކަށް ލިބޭ އުފަލެއްކަމުގައި އެމީހުން ދެކެއެވެ. ދިވެހިންގެ އެއްބައިވަންތަކަމަކީ އެހެން ޤައުމުތަކުގެ ރައްޔަތުންނަށް ނަމޫނާއެކޭ ދެންނެވިޔަސް ދޮގަކަށްނުވާނެއެވެ.
Print

ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންނާއި މުދައްރިސުންގެ ޒިންމާ

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާޞިރު / ޑައިމަންޑް ވިލާ، ސ. ހިތަދޫ

މިއަދުގެ ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވެ ، މުޖުތަމަޢުގެތެރެއަށް ހަށިފޮޅާލާއިރު ވަދެވެނީ މަދުރަސާގެ ދޮރާށިންނެވެ. ގޭގެ ނުވަތަ ގޯތީގެ ހަތަރުފާރުން އެތެރޭގައި ، ގޮވާލީމާ އަޑުއިވޭ ހިސާބުވެސް ނުފެނި ހުރެ ގޮސް މިފަދަ މާޙައުލަކަށް ހޭނިގަންނަން ބައެއް ކުދިންނަށް ފަސޭހައެއް ނޫނެވެ. މިފަދަ މާޙައުލަކަށް ނިކުންނަ ކުއްޖާގެ ވިސްނުމަށް އަންނަ ބަދަލުތައް ދަނެގަންނަން ތިބޭނީ މުދައްރިސުންނާއި މައިން ބަފައިންނެވެ.
Print

ޒުވާނުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރެވޭނީ ކިހިނެއް؟

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފޮނުވީ: ޙުސައިން ޞަލާޙު

ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ އަގުހުރި ރައުސުލްމާލެވެ. ޤައުމެއް ކުރިއަރާ ތަރައްޤީވާނީ އެއްވެސް ޝައްކެތްނެތްގޮތުގައި އެޤައުމާއިގެން ތެދުވެ ހިންދަމާލެވޭވަރުގެ ހަރުދަނާ ޒުވާން ޖީލެއް އުފެއްދިގެންނެވެ. ޒިންމާދާރު، މަސްއޫލިއްޔަތު އުފުލުމުގައި ހީވާގި ދަރިންތަކެއް އުފެދިގެންނެވެ. އަޅުގަޑުމެންނަށް ލިބިފައިވާ މާތްވެގެންވާ އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަން އަންނަން އޮތްޖީލްތަކާއިހަމައަށް ފޯރުކޮށްދެވޭނީ އަޅުގަޑުމެންގެ ޒުވާނުންނަކީ

Print

ހެދުންތަކާއި ފޭރާންތައް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއްޝައިޚު އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީން (1933)

-އަންހެނުން ވަކީން ބޮޑަށް ނިވައިވެ ފޮރުވިގެން ތިބުމަށް ދީނުގެ ފަރާތުން އެ އަމުރެއް އެކުރައްވަނީ ވެސް އިންސާނުން މި ދުނިޔެމަތީގައި ސަލާމަތުން ތިބެގެން އުޅެވޭން އޮތް މާތްގޮތުގައި އެކަކު އަނެކަކުގެ ޙައްޤުތަކަށް އިންސާފު ނެތްގޮތުން އަރައަރައިގަތުމުން އަންނާން އޮންނަ ހަލާކާއި ގެއްލުމުގެ ބޮޑުކަމުން ތިމާޔަށް ހުއްދަވެގެންނުވާ ފަރާތްތަކުން ތިމާގެ ލޮލަށާއި ހިތަށް އަރާމު ލިއްބައިގެންނުވި ހިނދުން،  އެކަންމައްޗަށް އެ އަންހެނުން ވެސް ވާގިވެރިވެ އަނެކުންނަށް އުނދަގޫނުދީ ތިބުމަށެވެ.  އެހެންނާ އެއްވެސް ދީނެއްގައި މިވެނި ބަޔަކު އެވެނި ކުލައެއްގެ މިވެނި ސިފައެއްގެ ފޭރާމެއްލާކަށް އަމުރުވެވިގެންވާކަމެއް  ނޭނގެއެވެ.  ނުވަތަ މިވެނި ދީނެއްގެ ހެދުމަކީ އެވެނި ޒާތެއްގެ ފޭރާމަކުން މިވެނި ވައްތަރެއް ޖައްސައިގެން ތިބުމެކޭ މިހެން އޮތްކަމެއް ނޭނގެ އެވެ.-

ހަމަމިގަލަމުން

އިދާރާ

ވާހަކަ