އަދުގެ ޚާއްސަ

Print

ތަސްބީޙަ ނަމާދު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ޢަބްދުލްމުޢީދު ޙަސަން


ތަސްބީޙަ ނަމާދަކީ، މި ނަމާދުކުރުމަށް ކުޅަދާނަ ވެގެންވާ މީހާ، ކޮންމެ ދުވަހަކު ކުރުން އައުލާވެގެންވާ ނަމާދެކެވެ. ކޮންމެ ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ ހުކުރު ދުވަހަކު ކުރުން ހުއްޓެވެ. ކޮންމެ ހުކުރު ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ އަހަރަކު އެއްފަހަރު ކުރުން ހުއްޓެވެ. ކޮންމެ އަހަރަކު އެއްފަހަރު ނުކުރެވިއްޖެ ނަމަ، ޢުމުރުގައި މަދުވެގެން އެއްފަހަރު ކުރުން ހުއްޓެވެ.

މި ނަމާދުގައި ވަނީ، ހަތަރު ރަކުޢަތެވެ. މި ނަމާދު ދެރަކުޢަތުން ދެރަކުޢަތުން ކުރެވިދާނެއެވެ. އަދި ހަތަރު ރަކުޢަތް ނަމާދެއްގެ ގޮތުގައި ކުރެވިދާނެއެވެ.

މި ނަމާދު ކުރާގޮތް ތިރީގައި މިވަނީއެވެ.


1. އަލްޙަމްދަށްފަހު، ސޫރަތެއް ކިޔަވާށެވެ! ކިޔަވާކަށް ވަކި ސޫރަތެއް ނެތެވެ. ކޮންމެ ސޫރަތެއް ކިޔެވިޔަސް ރަނގަޅުވާނެއެވެ.

2. އަލްޙަމްދާއި ސޫރަތް ކިޔެވުމަށްފަހު އަންނަނިވި ތަސްބީޙަ ފަނަރަ ފަހަރު ކިޔާށެވެ!

سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ

(އަންނަނިވި ރުކުންތަކުގައި މި ތަސްބީޙަ ކިޔާނީ، އެ ރުކުންތަކުގައި ކިޔާ ދުޢާ ނުވަތަ ތަސްބީޙަ ކިޔުމަށްފަހުގައެވެ.)

3. ދެން ރުކޫޢުކުރުމަށްފަހު ރުކޫޢުގައި އޮވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

4. ދެން ރުކޫޢުން ތެދުވެ އިޢުތިދާލުގައި ހުރެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

5. ދެން ސަޖިދައަށް ގޮސް، ސަޖިދައިގައި އޮވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

6. ދެން ދެ ސަޖިދަ ދެމެދުގައި އިނދެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

7. ދެން ދެވަނަ ސަޖިދަ ކޮށް، ސަޖިދައިގައި އޮވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

8. ދެން ސަޖިދައިން ތެދުވެ، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

9. ދެވަނަ ރަކުޢަތުގައި މެދު އައްތަޙިއްޔާތަށްފަހު، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔާށެވެ!

10. ހަތަރު ވަނަ ރަކުޢަތުގައި ފަހު އައްތަޙިއްޔާތަށްފަހު، سُـبْـحَانَ اللهِ وَالْحَمْـدُ لِلَّهِ وَلاَ إِلَهَ إِلاَّ الله ُوَالله ُ أَكْـبَرُ މި ތަސްބީޙަ، ދިހަ ފަހަރު ކިޔައި ސަލާމްދޭށެވެ!

11. ތަސްބީޙަ ނުކިޔާ ފަހަރެއް ފާއިތުވެއްޖެނަމަ، ހަނދާންވީ އިރަކުން، ނުކިޔުނު ޢަދަދު ހަމަވަންދެން ކިޔާށެވެ!


މަޢުލޫމާތުގެ މަޞްދަރު: ފިޤުހުއްސުންނާގެ ފުރަތަމަ މުޖައްލަދުގެ 179 ވަނަ ޞަފުޙާ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ