އަދުގެ ޚާއްސަ

Print

ލައްގަނޑެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައި:


ޝާޢިރު: ސައްޖާދު މިރްޒާ އެމް. އޭ. ބީ. އެޑް.
ތަރުޖަމާ: މުޙަންމަދު ޝާހިދު ޙަލީމު (1998)



ދިރިއުޅުމުގެ ކޯރަށް ގާކޮޅެއް ވައްޓާލައިފައި ބަލާށެވެ.
އަލަށް ކުރެހުނީ ކޮން މަންޒަރެއް ހެއްޔެވެ؟ ކަޅިޖަހައިނުލައި ބަލާށެވެ.


ހަށިގަނޑުގެ ފޭލިގޭގެ ހުރިހައި ވާފަށެއް ކެނޑިއްޖެ އެވެ!
ޠޫފާނުގެ ވައިގެ ބާރުމިނުގެ ބަލަންވީ ކޮން އަޖުމައެއް ހެއްޔެވެ؟

ހިތުގެ ދޫނީގައި އުދުހޭނެހައި ހިތްވަރެއް ނެތް އިރު،
އަނގަމައްޗަށް ޖަހައިގެން މަތިބަލަންވީ ކީއްކުރަން ހެއްޔެވެ!

ހުރިހުރިހައި ނުރުހުމެއް އަހަރެން ހަނދާން ނައްތާލާނަމެވެ.
އެކަމަކު އަހަންނާ ދިމާއަށް ކަލޭ ހިނިތުންވެލައިފައި ބަލައިލާށެވެ.

އިންސާނުންނަކީ، އިންސާނިއްޔަތުގެ ނަމުގައި ޖެހިފައިވާ ލައްގަނޑެކެވެ.
މި ބިމުގައި ދެން މަލާއިކަތުން އާބާދުކޮށްފައި ބަލާށެވެ.

(ނިމުނީ)

މުޙަންމަދު ޝާހިދު ޙަލީމު (1998). ފަތްތޫރަ (231). ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ