އަދުގެ ޚާއްސަ

Print

ގުލްދަސްތާ

ޝާޢިއުކުރީ ޔޫސުފް މުޙައްމަދު ފުޅު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު

މިވީ ކޮންފަދަ އަޖާއިބަކަށް، މަލުގެ ފިނިފެން މި ގުލްދަސްތާ
 ނުވީ ހިނދު ތިޔަ އެދުނު ގޮތްތައް، މަޢާފުކުރޭ މަގޭ ދައްތާ!

ކުރާނެކަމެއް ނެތޭ ހިތަކަށް   ނުލިބުނޭ އާރަކާ   ބާރެއް
މުރާދުގެ ކޮށްލުމަށް ތަނަވަސް އެދުނު ތިޔަ އުލްފަތުގެ ރަސްތާ

މިއީ ޖިންސުއްލަޠީފެއްކަން ޅަނދޮޅު ވިސްނައިނުލައި ތިޔަހެން
        މި އީދުގެ ތަހުނިޔާ ކުރުމުން ހަވާލު      ދިމާވި މީ ގޮތްތާ

ނުހަނު ބުރުސޫރަ ރީތި ޒުވާނަކަށް ތިޔަ ދެއްކުމުން އަހަރެން،
       ޒަޚުމުތައް އުފެދުނީ ހިތުގައި ނުވިސްނިކަމުން މި ބުނި ނުކުތާ

ހަވާލުވެވުނު ހިނދަކު ނޭނގޭ  މި މާބޮނޑި ރައްދުވާ އަތަކުން
       ޖަވާހިރު     ރިވެތި  ދީފާނޭކަމެއް       ލޯބީގެ ޔާޤޫތާ

ގުޅުން ލޯބީގެ ބަދަހި ކުރަން ކުރީ މެދުވެރި މަ ކޮން ހިތަކުން؟
       މޮޅިން ހެދުމެއް ނުލައި ވާނެ ގޮތެއް ދައްތާ!    ނުވާނެ މިތާ

ވެވުނު ހަދިޔާ ވަގުތު ބާޤާ ހަތަރުކަޅި ވީކަމުން ބައްދަލު،
       ދެވުނު މަސްތީ    އިޝާރާތުން    ހުރީމޭ ހުރިގޮތަށް ހުރިތާ

މަށަށް ޤުދުރަތް ޢިނާޔަތްކުރި ޒުވާނުން ހިތްޖެހޭ ގޮތްތައް
      ފަށަށް ކުރެވޭ ގަބޫލުއައީ    މި ފުރުޞަތަކުން      މުލާޤާތާ

މަލަށްވުރެ ތިޔަ އަސަރުގަދައީ ލޮލާ ތިޔަ ނާޒުކީ މޫނޭ
      ބެލުން ތަކުރާރުކޮށް      ބުނެލީ ދުލުން މާ ސާފުކޮށް އަސްތާ!

ފެނުނު ހިނދު ޖާޒުބީ ޝަޚުޞިއްޔަތެއް މި ކަހަލަ ކުރިން ނުދެކޭ
      ދިނުން މަޖުބޫރުވީ ވަގުތުން،     މަގޭ ހިތް ހަނދުމަތައް ނައްތާ

ވަހާކުލަ ރީތި ދަސްތާގައި އަސަރުއެކުލެވުނު ޖަޒުބާތުން
       ތަހާނީ ބަދަލުވީ     ޢިޝްޤަށް މުޅިން އޮޅި ގޮސް ތަނާ ވަގުތާ

ދުލެއް މަށަކަށް ނުކުރެވޭނޭ މި ފުރިހަމަ ރީތި އިންސާނާ
       ފުލުން ދިޔަޔަސް ތިމާގެ ކަމާއެކީ    އުޚްތެއްގެ  ތިޔަ ރިޝްތާ

ތިމާގެ އަމިއްލަ ކަމަކަށް އިސްކުރަންޏާ ބަލަ އެހެންމީހުން،
       ދިމާނުވެ ވެސް ނުދާނެ ގޮތެއްގެ މީ އަލިގަދަ      މިސާލެއްތާ! 
              
                     (ނިމުނީ)

އިދާރާ

ވާހަކަ