އަދުގެ ޚާއްސަ

Print

މީދާ ކާ ގަހެއް ފެނިއްޖެ

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

ދޭތެރެ ދޭތެރެއިން (carnivorous species) "މިނިކާ ގަސް" ދުނިޔޭގެ އެކި ހިސާބުތަކުގެ ޖަންގަލިތަކުން ފެނިގެން ދެކެވޭ ވާހަކައަކީ އައު ވާހަކަތަކެއް ނޫނެވެ. ކިޔުންތެރިންނަށް މިގެނެސްދެނީ މިފަދަ ޚަބަރު ތަކުގެ ސިލްސިލާއަށް އިތުރުވި އައު ޚަބަރެކެވެ. މި ޚަބަރު ލިޔެފައިވަނީ،
THE TIMES OF INDIA, BANGLORE, Wednesday, August 19, 2009 އެވެ. މި ޚަބަރުގެ ތިރީގައި ފާޑުކިޔުމަށާއި ސުވާލުކުރުމަށް އަދި ޚިޔާލު ހުށައެޅުމަށް ނޫހުގައި ދީފައިވާ މެއިލް އެޑްރެސް ލިއެފައި ވާނެއެވެ.

އިނގިރޭސި ސައިންސްވެރިންގެ ބަޔަކު ނުރައްކާތެރި "މިނިކާ ގަހެއް" ހޯދައިފި އެވެ. ޕިޗަރ ޕްލާންޓް (pitcher plant) ގެ ނަމުން ނަންދެވިފައިވާ މިގަސް މީދާ ކައެވެ. ގަބޫލުކުރެވޭގޮތުގައި މިއީ މިހާތަނަށް ފެނިފައިވާ "މިނިކާ" (މަސްކާ) އެންމެ ބޮޑު ގަހެވެ. މި އިފުރީތެއްކަހަލަ ގަހުގެ އަނގަހުންނަނީ ފަސޭހައިން އެއްޗެހި ވެއްޓޭކަހަލަ ގޮތަށެވެ. މި އަނގައިގައި ކޮޅު ތޫނު ދަތްތަކެއް ހުރެއެވެ. އަނގައިގައި އެއްޗެހި ހަޖަމުވެގެންދަނީ އެސިޑް ކަހަލަ އެންޒައިމް އަކުންނެވެ. މިގަސް ހޯދި ސައިންސްވެރިންގެ ޓީމް ލީޑްކުރީ ބޮޓޮނިސްޓް    ސްޓުވަރޓް   މެކް   ފާރސަން (Stewart Mc Pherson ( އާއި އެލެސްޓަރ ރޮބިންސަން (Alastair Robinson) އެވެ. އެގަސް ފެނިފައިވަނީ ފިލްޕިންސްގެ މައުންޓް ވިކްޓޯރިއާ އިން "މީދާ އޮތްގޮތަށް" ކާ ޚަބަރު ބަޔަކު ދިނުމާގުޅިގެން ހޯދިހޯދުމަކުން ނެވެ. އެ ޓީމުން  މިގަހަށް  ނަންދިނީ  ލެޖެންޑަރީ  ވައިލްޑް ލައިފް ބްރޮޑްކާސްޓްކުރާ ޑޭވިޑް އެޓެންބަރޯ (David Attenborough) ގެ ނަމުންނެވެ.


ފާޑުކިއުމަށާއި ސުވާލުކުރުމަށް އަދި ޚިޔާލު ހުށައެޅުމަށް މެއިލް ކުރާނީ: This email address is being protected from spambots. You need JavaScript enabled to view it. އަށެވެ.




ހަމަމިގަލަމުން

އިދާރާ

ވާހަކަ