އަދުގެ ޚާއްސަ

Print

ހުރިހައި އެއްޗެއްމެ ކިޔަމުން މިގެންދަނީ މާތް ﷲ ގެ ނަންފުޅުން ތަސްބީޙަ ނޫންހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އެމް

ގަސްގަހާގެހީގެ ފަތްތަކުގައި ނާރުތައް ހިނގާފައިވާ ގޮތަށް ބައްލަވާލައްވަ ބައްލަވާށެވެ! އެ ފަތްތަކުގައި "ﷲ" ނުވަތަ "ލިއްލާހި" ލިޔެވިފައިވާތަން ތިބާއަށް ފެނިވަޑައިގަންނަވާނެއެވެ. "ލިއްލާހި" އިން ދޭހަވާ އެއް މާނައަކީ، "މިއީ ﷲ ގެ އެއްޗެކެވެ." އަނެއް މާނައަކީ، "މިއީ ﷲ ގެ ޙަޟުރަތަށް ދިއުމަށްވާ އެއްޗެކެވެ."

މިލިއުންކޮޅު ލިޔަން އިނދެފައި ކުޑަދޮރުން ބޭރު ބަލާލިއިރު، ޖޭމުގަހެއް ފެނުނެވެ. އެ ގަހުގެ ގޮފިތަކުން ގޮފި ފަޅާފައިވާ ގޮތް ފެނިފައި ޙައިރާންވީމެވެ. އެއިން ވެސް ތަމްސީލުވަނީ "ﷲ" މި މަތިވެރި ނަންފުޅެވެ. ނުވަތަ "ލިއްލާހި" އެވެ.
ކަނޑުގައިވާ ރާޅުތަކާމެދުގައި ވެސް ފިކުރުކުރައްވަ ބައްލަވާށެވެ. އެއިން ވެސް މާތްﷲގެ މަތިވެރި އިސްމުފުޅު ތަމްސީލުވާތަން ތިބާއަށް ފެނިވަޑައިގަންނަވާނެއެވެ.

ދޫނިސޫފާސޫފި ޖައްވުގައި އުދުހޭއިރު އޭގެ ފިޔައިގެ ޙަރަކާތުން ވެސް އެލިޔެވެނީ، "ﷲ" އެވެ. ނުވަތަ "ލިއްލާހި" އެވެ.
ނަމާދުގައި ކުރާ ޙަރަކާތްތައް އަރިމަތިން ކުރަހައި އެ ތަރުތީބުކޮށްފިނަމަ އެއިން ވެސް ސިފަވަނީ "ﷲ" މި މަތިވެރި އިސްމުފުޅެވެ.

ތިބާގެ ހަތަރެސްފައިގެ އިނގިލިތައް ވެސް ތަމްސީލުކުރަނީ މާތްﷲގެ މަތިވެރި ނަންފުޅެވެ. މި ޙަޤީޤަތް އެނގިވަޑައިގަތުމަށްފަހު، ތިބާގެ އަތްފައި ނުބައި ކަންތައްތަކުން ދުރުކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިނުގަނޭތޯއެވެ؟

ތިބާ ހިންގަވާއިރު، ބިންމަތީގައި ފިޔަވަޅު އެޅުއްވުމަށްޓަކައި، ފައި އުފުއްލަވަމުއެވެ. އެއަށްފަހު ފައި ތިރިކުރައްވައި ފިޔަވަޅު އަޅުއްވަމުއެވެ. މިގޮތަށް މި ޙަރަކާތް ތަކުރާރުވަމުންދާއިރު، އެއިން ވެސް ލިޔެވެމުން އެދަނީ ހަމަ "ލިއްލާހި" އެވެ.

ކުދިކުދި އުޅަނދުފަހަރާއި، ބިޔަ އާގު ބޯޓާއި މަތިންދާ ބޯޓުގައި ވެސް ބުރަފަތި ބޭނުންކުރެއެވެ. އެއީ އެނބުރޭ އެއްޗެކެވެ. އޭތި އެނބުރެމުންދާއިރު، ކުރެހޭ ރޮނގުގައި ތަކުރާރުކޮށް ލިޔެވިފައިވާނީ ވެސް، "ﷲ" އެވެ. ނުވަތަ "ލިއްލާހި" އެވެ.

އިންސާނުންގެ ޢުމުރާ އަޅާބަލާއިރު އިންޖީނެއްގެ ޢުމުރު ވަރަށްވެސް ކުރެވެ. އިންޖީނަކަށް މައްސަލަޖެހި އެ ހުއްޓުމަކީ ދާދި އަވަހަށް ވެދާނެ ކަމެކެވެ. ނަމަވެސް ފަސްދޮޅަސް އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ދާއިރު ވެސް، އިންސާނާގެ ހިތް އެއްވެސް މައްސަލައެއް ނުޖެހި ޢާއްމު ގޮތެއްގައި އެބަ މަސައްކަތް ކުރެއެވެ. ތިބާގެ ހިތުގެ ވިންދު ޖެހުމުން ވެސް ލިޔެވެނީ "ﷲ" އެވެ. ނުވަތަ "ލިއްލާހި" އެވެ.

މީހަކު ވާހަކަ ދައްކާއިރު، އޭނާގެ ދުލުން ކުރެވޭ ޙަރަކާތްތައް ކުރަހައިފިނަމަ، އެއިން ވެސް ލިޔެވެނީ ހަމަ "ﷲ" އެވެ. ނުވަތަ "ލިއްލާހި" އެވެ. ފަހެ، މި ޙަޤީޤަތްތައް ތިބާއަށް އެނގިވަޑައިގަންނަވާއިރު، މާތް ﷲ ގެ މަތިވެރި ނަންފުޅުން ޤަޞްދުގައި ތަސްބީޙަ ވިދާޅުވާ ހިތްޕުޅު ނުވޭތޯއެވެ؟

ހަމަމިގަލަމުން

އިދާރާ

ވާހަކަ