އަދުގެ ޚާއްސަ

Print

'ކުށުގެ ވެށި އުފެއްދުމުގެ ޤާބިލުކަން ލިބިފައިވޭ.'

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


ޝާކިރު

ޑީ އެން އޭ ހެކި ހަގީގަތާއި ޚިލާފަށް އުފެއްދިދާނެކަން އިޒުރޭލުގެ ސައިންސް ވެރިންތަކެއް ހާމަކޮށްފިއެވެ. ކުރިމިނަލް ކޭސްތައް ސާބިތުކުރުމުގައި ރަން މަގާމެއް ހޯދާފައިވާ ޑީ އެން އޭ އަގު ވެއްޓި ގެއްލިގެން ދިއައީއެވެ. އިތުބާރު ކުޑަވެގެން ދިއައީއެވެ.

ސައިންޓިސްޓުން ޑީ އެން އޭ އެކުލެވިފައިވާ ލެއާއި ކުޅުގެ ސާންޕަލް ދިން މީހާގެ ސާންޕަލްނޫން މީހެއްގެ ލެއާއި ކުޅު ބޭނުން ކޮށްގެން ހަގީގަތާއި ޚިލާފު އުފެއްދުމެއް އުފެއްދީއެވެ. އެބައިމީހުންނަށް ޑީ އެން އޭ ޕްރޮފައިލް އެކުލެވިފައިވާ ޑާޓާބޭސްއަށް ވަދެވިއްޖެނަމަ، އެބައިމީހުނަށް އެޕްރޮފައިލްއާ މުޅިން އެއްގޮތް ޑީ އެން އޭ ސާމްޕަލް އެމީހާގެ ހަށިގަނޑުގެ ޓިޝިއު އާ ނުލާ އުފެއްދި ދާނެކަންވެސް ހާމަކުރީއެވެ.

ފޮރިންސިކް ލެބޯޓަރީތަކަށް ވިއްކުމަށް ޑީ އެން އޭ ގެ އަސްލާ ޚިލާފު ޑީ އެން އޭ ގެ ސާމްޕަލްތަކާއި އަސްލު ސާމްޕަލް ވަކިކޮށް ދެނެގަންނާނެ ޓެސްޓް އުފެއްދި ކުންފުނީގެ ފައުންޑަރަކީ ފުރަމްކިން(Frumkin) އެވެ.

ހަމަ އެއްވައްތަރެއްގެ ޓެކްނިކްއެއް ބޭނުން ކޮށްގެން، ބޭނުންކޮށްފައި ހުންނަ ސައިބޯ ޖޯޑު ނުވަތަ ސިނގިރެޓް ފިލްޓަރ ކުޅުގެ ސާމްޕަލްއަށް ބަދަލުކޮށް އެއިން ޖެނެޓިކް ޓެސްޓް ކުރާ ކުންފުނިތަކަށް މީހުނަށް ތަފާތު ބަލިތަށް ޖެހުމުގެ ނުރައްކާ ތެރިކަން ހުރި މިންވަރާއި ވިރާސީ ބަހާތައް ދެނެގަނެވިދާނެއެވެ. ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ ގެ ޖެނެޓިކްސް އެންޑް ޕަބްލިކް ސެންޓަރ އިން ގެއިލް ޖެވިއްޓި  (Gail Javitt) ވިދާޅުވެފައިވަނީ، މަޝްހޫރު ޝަޚުޞުން "ޖެނެޓިކް ޕަޕަރަޒީ"ން ދެކެ  ބިރުގަންނަން ޖެހިދާނެއެވެ.

ހަގީތާ ޚިލާފު ސާމްޕަލް އުފައްދާ އެއް ގޮތަކީ އޮފީސިއަލް ޑާޓާބޭސަސް ގައި ސްޓޯރ ކޮށްފައި ހުންނަ ޑީ އެން އޭ ޕްރޮފައިލް ގެ ނަންބަރުތަކާއި އަކުރުތަކުގެ ތަފާތު މީހާގެ ޖެނޯމްގައިވާ 13 ސްޕޮޓްއަށް ބަހައިގެން ނެވެ. އެކްސްޕާޓްއިން ޑީ އެން އޭ ކްލޯން ކުރަނީ، އެތައް ބައެއްގެ ޑީ އެން އޭ ސާމްޕަލް އެކުލެވިފައިވާ ޕޫލް އަކުން، ކޮންމެ ސްޕޮޓްއެއްގެ ތަފާތު އާންމުކޮށް ހުންނަ މުހިންމު ތަންތަންކޮޅު (snippets) ނަގައިގެން މުހިންމު ބައިތަކުގެ ލައިބްރަރީ އުފައްދައިގެނެނެވެ. އެއްވެސް ޕްރޮފައިލް އަކާ ގުޅޭ ޑީ އެން އޭ ސާމްޕަލެއް ތައްޔާރުކުރަން ވެއްޖެނަމަ އެބައިމީހުން ރަނގަޅު ސްނިޕެޓްސް ތައް އެއްކޮށްލަނީއެވެ. NYT NEWS SERVICE


(ނިމުނީ)



ނޯޓް: މިއީ، ނިވްޔޯކް ޓައިމްސް ނިވްސް ސާރވިސް އާ ޙަވާލާދީ THE TIMES OF INDIA, BANGALORE, WEDNESDAY, August 19,2009 ގައި Andrew Pollack ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ