އަދުގެ ޚާއްސަ

Print

އަހަރެން ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމޭ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ





ޅެން: އާދަމް ނަޞީރު އިބްރާހިމް/ ތޮއްޑޫ
ރާގު / މިޔުޒިކު: ޢަލީ މަނިކު (ދާރީ)

ރަޙްމަތުގެ ފިނި ހިޔާ ލިބިދޭ މީ ދިވެހިބިމޭ
 އަހަރެން ދިވެއްސަކަށްވީތީ، ފަޚުރުވެރިވަމޭ
  މިހިތާފުރާނައިން މި ނިދާ ހަމަކޮށްދެމޭ
    އަހަރެން ދިވެއްސަކަށްވީތީ، ފަޚްރުވެރިވަމޭ

ފިރުމައިދޭ ހިމޭން ވައިރޯޅިން މި ޖައްވުގާ
 އިރު ހަނދު ތަރީގެ ނޫރު އޮހޭ ފެހި މި ޒާރުގާ
  މި ރިވެތި ހިމޭން ވަތަނުގެ ކަރާމަތުގެ ޙައްޤުގާ
   އަހަރެން ދިއްވެއްސަކަށްވީތީ، ފަޚުރުވެރިވަމޭ

އެއްދީނަކަށް ތަބާވެ މި، އެއްލޭ ހިނގާގޮތުން،
 އެއް އަކުރަކުން، އަމިއްލަ ބަހުން ދޫ ހިނގާގޮތުން،
  އެއް އާދައެއްހިނގާ މިސަގާފަތުގެ ޙައްޤުގާ
   އަހަރެން ދިވެއްސަކަށްވީތީ، ފަހްރުވެރިވަމޭ

ތާރީޙު ދައްކަނީ، އިއްޒަތްތެރި ނިޝާންތަކޭ،
 މާޒީވި ކާބަފައިންގެ ވަފާތެރި ހަނދާންތަކޭ،
  ސާބިތު ދިވެހި މި ލޮބުވެތި އުއްމަތުގެ ޙައްޤުގާ
   އަހަރެން ދިވެއްސަކަށްވީތީ، ފަޚްރުވެރިވަމޭ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ