އަދުގެ ޚާއްސަ

Print

ޝަހީދުވި ޒުވާނެއްގެ ޖިހާދުގެ ގޮވާލުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޅެން: ޢަބްދުއްރަޝީދު ޙުސައިން
ރާގު / މިޔުޒިކު: ޢަލީމަނިކު (ދާރީ)






ޖޯޝުގާ ނެތް ލޮލުން ކަރުނައެއް ފާޅުވާ
އުންޑަތައް އެރިކަމަކު، ގައިގެ ލޭ އޮހޮރުވާ
މަރުވިޔަސް ހިތް އޮތީ، ހަރު އަޑުން ގޮވަގޮވާ
އެކުވެރިންނޭ ހަވާލޭ ވަޠަން ލޯބިވާ

ކޮންކަމެއްހޭ މިއީ، ކޮންބައެއްހޭ މިއީ
ކޮންމެ ބަޔަކަސް ޔަޤީން ދުޝްމަނުންނޭ މިއީ
ބޮން އުކާ އުންޑައިން ތަން ހިފަން ތިޔަ އައީ
ބިން މި ކީރިތި ފަނާކޮށްލުމަށް ހޭ އައީ
ތަންފުކެއް ވެސް ނުދޭނަން މަ ކުރަމޭ ހުވާ
އެކުވެރިންނޭ ހަވާލޭ ވަޠަން ލޯބިވާ

ހަމުގެ ބޭރަށް އޮހޭކަށް ލެޔެއް ދެން ނެތޭ
އުމުރު ހަގަކަސް، އުމުރުގާ ތަނެއް ވެސް ނެތޭ
ކަމަރުގައި އިތުރު ވަޒަނެއް ނަގާކަށް ނެތޭ
ނަމަވިޔަސް، އިތުރުވާނީ މަގޭ ހިންމަތޭ
ހަމަލަދޭނޭ ތަނެއް ބުނެލަދޭށޭ ނިވާ
އެކުވެރިންނޭ ހަވާލޭ ވަޠަން ލޯބިވާ

ފުރުޞަތޭ ޖަންނަތަށް ލިބުނު ދިޔުމަށްޓަކާ
ފުރަގަހެއް ހަމަ ނުދޭނަން މަ ހޭ ހުއްޓަކާ
މަރުވެދާނީ މި ދީނާއި ވަޒަނަށްޓަކާ
ހަރުދަނާ ދިވެހި އުންމަތުގެ ޝަރަފަށްޓަކާ
ނަޞްރު އެދެމޭ މި ޤައުމަށް މަގޭ ލޯބިވާ،
އެކުވެރިންނޭ ހަވާލޭ ވަޠަން ލޯބިވާ  


 
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ