www.fanvai.info

Print

އަރަތް 23

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތުގެ ރަނގަޅު ޖަވާބު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ، 20 ނޮވެމްބަރ 2008 ގަ އެވެ. އޭގެ ކުރިން ޖަވާބު ދެއްވުން އެދެމެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކަށް ވަރަށް ބޮޑު އިނާމެއް ކަނޑައެޅިފައި ވެ އެވެ. އިނާމާބެހޭ ތަފުޞީލު، އަރަތުގެ ތިރީގައި ވާނެ އެވެ.


އުވަދަވަން ކޮނެފައި ހުރި ފުން ވަޅުގަނޑަކަށް، ވެލައެއް ވެއްޓުނެވެ. ދެން އެ ވަޅުގަނޑުން ސަލާމަތްވުމަށްޓަކައި، ވެލާ، ބަނޑުލާ ދެމެމުން މައްޗަށް އެރޭތޯ މަސައްކަތްކުރަން ފެށިއެވެ. ކޮންމެ ދުވަހަކު ވެލަޔަށް މައްޗަށް އެރެނީ 5 ފޫޓަށެވެ. ނަމަވެސް 4 ފޫޓު ތިރިޔަށް ސޮއްސާލަ އެވެ. އެވަޅުގަނޑުގެ ފުންމިނަކީ، 15 ފޫޓެވެ.

ވެލަޔަށް، އެ ވަޅުގަނޑުން ސަލާމަތްވެވޭނީ ކިތައް ދުވަހުން؟



ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކަށް އޮތް އިނާމަކީ، ވެލާބިސް ވަޅެކެވެ.

ރަނގަޅު ޖަވާބު ދިމާކުރައްވާ ބޭފުޅުންގެ ޢަދަދު އެކަކަށްވުރެ ގިނަވެއްޖެނަމަ، އިނާމުގެ ޙައްޤުވެރިޔާ ހޯދާނީ ޤުރުޢަތުންނެވެ.

އިނާމު ޙައްޤުވި ބޭފުޅަކު، އިނާމު ހޯއްދަވަން ވަޑައިގަންނަވަން ވާނީ، އަމިއްލަފުޅަށެވެ! އަދި ވެލާ އަރާ ރަށްތަކާއި، ތަންތަނާ ބެހޭ މަޢުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވަންވީ ރަށަކާއި ތަނެއް ކަނޑައަޅުއްވާނީ ވެސް އެބޭފުޅަކު އަމިއްލަފުޅަށެވެ!

www.fanvai.info