އަދުގެ ޚާއްސަ

Print

އަރަތް 24

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތުގެ ރަނގަޅު ޖަވާބު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ، 25 ނޮވެމްބަރ 2009 ގަ އެވެ. އޭގެ ކުރިން ޖަވާބު ދެއްވުން އެދެމެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކަށް ކުރީގެ އަރަތުގެ އިނާމާ ތަފާތު އިނާމެއް ކަނޑައެޅިފައި ވެ އެވެ. އެއީ، ޖުވޭސް ކެފޭއިން "ތަންދޫރި ޗިކަން" އެކެވެ. އިނާމާބެހޭ އިތުރު ތަފުޞީލު އަރަތުގެ ތިރީގައި ވާނެއެވެ.


މަގެއްގައި ދެމީހަކު ދުވަމުން ދިޔައެވެ. އެދެމީހުންކުރެ ކޮންމެ މީހަކު ދުވަނީ އަނެކަކު ދާ ކޮޅާ އިދިކޮޅަށެވެ. އެ ދެ މީހުން ބައްދަލުވާނީ، އެ ދެ މީހުންކުރެ ކޮންމެ މީހަކަށް 300 ކިލޯމީޓަރު ކަޑައްތުކުރެވޭއިރުގަ އެވެ. އެ ދެމީހުން ހަމަ ދުވަން ފެށުމާއެކު، އެ ދެ މީހުންގެ ޙާލު ބެލުމަށްޓަކައި ދޮންދޫންޏެއް އުދުހެން ފެށި އެވެ. ދޮންދޫނި ހަދާގޮތަކީ، އެކެއްގެ ކައިރިޔަށް އައިސް އޭނާގެ ޙާލު ބެލުމަށްފަހު، އަނެކަކުގެ ކައިރިޔަށް ދަނީ އެވެ. އެދެމީހުން ބައްދަލުވަންދެން ދޮންދޫނި މިކަން ކުރި އެވެ.

ދުވެފައި ދިޔަ ދެމީހުންކުރެ ކޮންމެ މީހަކު ދުވަމުން ދިޔަ ބާރުމިނަކީ، ގަޑިޔަކު 50 ކިލޯމީޓަރެވެ.
ދޮންދޫނި އުދުހުނު ބާރުމިނަކީ، ގަޑިޔަކު 100 ކިލޯމީޓަރެވެ.

އެހެންކަމަށްވަނީނަމަ، އެ ދެ މީހުން ދުވަން ފެށީއްސުރެ، އެ ދެ މީހުން ބައްދަލުވަންދެން، އެ ދެ މީހުންގެ ދެމެދުގައި ދޮންދޫނި އުދުހުނު ތަނުގެ ދިގުމިނަކީ ކޮބާ؟

ޖަވާބު ދެއްވާއިރު، ދެއްވާ ޖަވާބަކީ ރަނގަޅު ޖަވާބުކަން ބަޔާންކުރެއްވުމަށް ޙުއްޖަތް ދައްކަވަން ވާނެ އެވެ. ޙުއްޖަތާ ނުލައި ދެއްވާ ޖަވާބެއް ދިމާވިޔަސް، އެއީ ރަނގަޅު ޖަވާބު ކަމުގައި ނުބެލެވޭނެއެވެ.


ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކު އިޢުލާންކުރުމުން، އެބޭފުޅެއްގެ ނަމާއި އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރު ދެއްވަން ވާނެ އެވެ. އޭރުން އެބޭފުޅަކަށް އިނާމު ލިބިވަޑައިގަންނަވާނެ ގޮތް ހަމަޖައްސައި ދެވޭނެ އެވެ. ނަމަވެސް މި އިނާމު، ވަގުތުން ލިބިވަޑައިގަންނަވާނީ، މާލޭގައި ދިރިއުޅުއްވާ ބޭފުޅަކަށެވެ. މާލެއިން ބޭރުގައި އުޅުއްވާ ބޭފުޅަކަށް މި އިނާމު ލިބިވަޑައިގަންނަވާނީ، އެ ބޭފުޅަކު ހުންނެވި ތަނަކަށް ޖުވޭސް ކެފޭއިން ޚިދުމަތް ފޯރުކޮށްދެއްވާނަމަ އެވެ.

ރަނގަޅު ޖަވާބު ދިމާކުރައްވާ ބޭފުޅުންގެ ޢަދަދު އެކަކަށްވުރެ ގިނަވެއްޖެނަމަ، އިނާމުގެ ޙައްޤުވެރިޔާ ހޯދާނީ ޤުރުޢަތުންނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ