އަދުގެ ޚާއްސަ

Print

24 ވަނަ އަރަތުގެ ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މި އަރަތުގެ ދެ ޖަވާބެއް ވެއެވެ. އެއް ޖަވާބަކީ ފަލްސަފީ ޖަވާބެވެ. އަނެއް ޖަވާބަކީ، ވިޔަ ޖަވާބެވެ. ހުރިހައި ބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ ވިޔަ ޖަވާބު ދެއްވުމަށެވެ.

ރަނގަޅު ޖަވާބު ދެއްވާފައިވަނީ، 4 ބޭފުޅެކެވެ.

އަރަތުގެ ދެ ޖަވާބާއި ޖަވާބު ދިމާކުރެއްވި ބޭފުޅުންގެ ނަންތައް ތިރީގައި މިވަނީ އެވެ.



ފަލްސަފީ ޖަވާބު:

ދޮންދޫނި އުދުހުނު ތަނުގެ ދިގުމިނަކީ، 400 ކިލޯމީޓަރެވެ.

ޙުއްޖަތް:

ދޮންދޫނި އުދުހެން ފެށީ، އެކަކު ދުވަން ފެށި ހިސާބުން ކަމަށް ވަނީނަމަ، އަނެކަކާ ހަމައަށް ދޮންދޫންޏަށް ދެވޭއިރު، ކަޑައްތުކުރެވޭނީ 400 ކިލޯމީޓަރެވެ. އެ ދެ މީހުންގެ ދެމެދުގައި ދޮންދޫނި ކިތަންމެ ފަހަރަކު ދެކޮޅަށް އުދުހުނަސް، އުދުހެވޭނީ ހަމަ މި 400 ކިލޯމީޓަރުގެ ތެރޭގަ އެވެ.



ވިޔަ ޖަވާބު:

ހުރިހައި ބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ، މި އަރަތުގެ ވިޔަ ޖަވާބު ދެއްވުމަށެވެ.

ވިޔަ ޖަވާބު ދެއްވި އެއްވެސް ބޭފުޅަކު ދެއްކެވި ޙުއްޖަތުގައި، ދޮންދޫނި ދެކޮޅަށް ދެކޮޅަށް އުދުހުނީ ކިތައް ފަހަރުކަން ބަޔާންކުރައްވާފައެއް ނެތެވެ.

މިއަރަތުގެ ޖަވާބު ދިމާކުރެއްވި ފަރާތްތަކަކީ:

1.    ޝަރީފު
2.    އައްލުޑްބަ
3.    ހައްސާން
4.    ސަމް ވަން

މި ފަރާތްތަކުގެ މެދުގައި ޤުރުޢަތް ލުމަށްފަހު، ހޮވޭ ފަރާތެއް ވަރަށް އަވަހަށް އިޢުލާނުކުރެވޭނެ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ